ފަނޑިޔާރުންގެ ޤައުމީ މަހާސިންތާ 2006 ގެ ހަތަރުވަނަ ދުވަހުގެ މެންދުރުފަހު ދަންފަޅީގެ ކަވަރޭޖް – 17 އޮގަސްޓް 2006 (ބުރާސްފަތި)
15:30 - އަށާއަހަރު ނުފުރޭ ކުދިންގެ ކާވެނިތައް ކޮށްދިނުމުގައި ނުކުންނަ މައްސަލަތައް ފާހަގަކޮށް ވަރަށްބޮޑަށް ވާހަކަ ފުޅު ދައްކަވައިފި. އަންހެނުންގެ ކޮމިޓީގެ ނަންތައް އާއިލާއާބެހޭ ކޮމިޓީގެ ނަމަށް ބަދަލުކުރުމަށް ބައެއް ބައިވެރިން ހުށަހަޅުއްވައިފި.
ގަޑި ހަމަވުމާއެކު ޖެންޑަރ މިނިސްޓްރީގެ ސެޝަން ނިންމަވާ ލައްވައިފި.
15:15 - ޔުނިޓުގެ ބޭފުޅުން ނުތިބޭރަށްރަށުގައި ކައުންސެލަރުން ނެތިގެން މައްސަލަތައް ހިންގަން ދަތިވާކަމަށް ފާހަގަ ކުރައްވައިފި. ވަރަށް ޟަރޫރީ ބޭނުންތަކުގައި މާލެ އަންނަތަނުން އާއިލީ މައްސަލަތައް ކޯޓަށް ހުށަހެޅި ގެން ކޯޓަށް ދާންޖެހޭތަން އަންނާތީ އެމީހަކު ހުންނަ ރަށަކުން އެމައްސަލަ ބެލޭގޮތް ހަމަޖެހުމަށް އެދި ޖެންޑަރ މިނިސްޓްރީއިން ހުށަހަޅުއްވައިފި.
14:59 - ވަރަށްގިނަ ސާރވޭތައް ހެދޭއިރު އަންހެނުން އެބައި މީހުންގެ ޙައްޤުތައް ފުރިހަމައަށް އަދާކުރޭތޯ އެއްވެސް ސާރވޭއެއް ހެދިފައިވޭތޯ ބައިވެރިއަކު ހުށަހަޅުއްވައިފި. ކާވެނި ކުރުމުގެ ކުރިން އެކަށީގެންވާ ހޭލުންތެރިކަން ބައެއްމީހުންގެ ނުހުންނާތީ ތަފާތު މައްސަލަތައް ކުރިމަތިވާތީ ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ހިންގިދާނެތޯ ބައިވެރިން ހުށަހަޅުއްވައިފި.
14:55 - އަށާރަ އަހަރު ނުފުރޭ ކުދިންގެ ކައިވެނިތައް ގިނައިން ހުށަހެޅެނީ އެކުދިން ބޭނުންވެގެންނަށްވުރެ ބޮޑަށް މައިން ބަފައިން އެދިގެން ކަމަށް އެކުދިން ބުނާކަމަށް ޖެންޑަރ މިނިސްޓްރީ އިން ފާހަގަ ކުރައްވައިފި. ކުޑަކުދިންގެ މައްސަލަތަކަށް ކައުންސެލަރުންނަށް ކޯޓުން އެންގެވިއަސް ބައެއްފަހަރު ވަޑައިނުގަންނަވާތީ މައްސަލަތައް ހިންގުމުގައި ދަތި ވާކަމަށް.
14:46 - ޖެންޑަރ މިނިސްޓްރީ އާބެހޭ ތަޢާރަފް ދީ ނިމިއްޖެ. ބައިވެރިންގެ ޚިޔާލު ފުޅަށް ފްލޯރ ހުޅުވާލެވިއްޖެ.
14:25 - މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ސެޝަން ފެށިއްޖެ. ވައިވެރިވެ ވަޑައިގަންނަވަނީ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލާ މާޢާނާ ރާފިޢު، ޑިރެކްޓަރ އަލްފާޟިލާ މަޒީނާ ޖަމީލު،އެސިސްޓެންޓް ޑިރެކްޓަރ އަލްފާޟިލާ ޢާމިނަތު ޢިނާސާ. ތަޢާރަފް ދެއްވަނީ އަލްފާޟިލާ މަޒީނާ ޖަމީލު.
14:10 - ޢުމުރައްޖަލަށް ލުމަށް ޙުކުމް ކުރެވިފައިތިބޭ މީހުން މަގުމަތިން ޢާންމުކޮށް ފެންނަ މައްސަލަ ޖިނާއީކޯޓުން ފާހަގަ ކުރައްވައިފި. ޖިނާއީކޯޓުގައި ހުރިބަންދުކުރެވިފައިވާ މީހުންގެ މައްސަލަތައް އަވަސް ކުރެއްވުމަށް ކޯޓުން ވަރަށް އިސްކަމެއް ދެއްވާނެ ކަމަށް ކޯޓުން ވިދާޅުވިި. މަދަނީކޯޓުން ކުރާ ގެއިން ނެރުމުގެ ހުކުމްތައް ތަންފީޒު ނުވާ މައްސަލަތައް އެކޯޓުން ހުށަހަޅުއްވައިފި. ޤާޟީންގެ ހިމާޔަތާއި ކޯޓުގެ ޙުކުމްތައް ތަންފީޒު ކުރުމުގައި އަވަސް ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށް ކަމިޝަނަރ ވިދާޅުވެއްޖެ.
މޯލްޑިވްސް ޕޮލިސް ސާރވިސްގެ ސެޝަން ގަޑި ހަމަވުމާއެކު ނިންމާލައްވައިފި.
13:58 - ކުދިމައްސަލަތައް ކަންހިނގާތާ 24 ގަޑިއިރު ތެރޭގައި ކޯޓަށްވަދެ އަވަސް ގޮތަކަށް ނިންމޭނެ ގޮތްވުމަށް ޕޮލިހުން ހުށަހަޅުއްވައިފި. ކޯޓުގެ މަސައްކަތް ހަރުދަނާ ކުރުމުގައި ކޯޓަށް ބައެއް މީހުން ޙާޟިރު ކުރުމުގައި ފުރިހަމަ އެއްބާރުލުން ޕޮލިހުގެ ފަރާތުން ނުލިބޭކަމަށް މަދަނީ ކޯޓުގެ ފަރާތުން ފާހަގަ ކުރައްވައިފި.އަދި މިގޮތުން ހާޟިރު ކުރުމުގައި އަވަސް ފިޔަވަޅުތަކެއް ކުރިމަގުގައި އަޅުއްވާނެކަމަށް ކަމިޝަނަރ ފާހަގަ ކުރެއްވި.
13:48 - ޖިނާއީކޯޓުން ފާހަގަ ކުރައްވަނީ ހެކިންގެ ގޮތުގައި ޙާޟިރު ކުރަންޖެހޭ ޕޮލިހުގެ ބޭފުޅުން ހާޟިރު ކުރުމުގައި ދަތިވާތީ މައްސަލަތައް ކުރިއަށް ގެންދިއުމުގައި ދަތިވާކަމަށް. އަދި ރަށުން ބޭރުގައި ވަޒީފާ ހަމަޖެހޭ ޕޮލިހުންގެ ބަޔާނެއް ކޯޓަށް ބޭނުންވާ ހާލަތުގައި އެމީހަކު ހުރި ރަށެއްގެ ކޯޓަކުން އެފަދަ ބަޔާންތައް ނެގޭނެ ގޮތް ވުމަށް ހުށަހެޅިއްޖެ. ކޯޓުތަކަށް ފުރިހަމަ އެޑްރެސް ނެތިގެން މައްސަލަ ތައް ހުށަހެޅުމުގެ ފުރުޞަތު ނޯންނާތީ ދަތިވާކަމަށް ހުށަހެޅުމާގުޅިގެން އެކަން ހައްލުކޮށް ދެއްވާނެ ކަމަށް ޖިނާއީ ކޯޓުން ވިދާޅުވެއްޖެ.
13:36 - އެކްސިޑެންޓް މައްސަލަތަކުގައި ބަދަލުގެ ބައި ހޯދާދިނުމުގައި ތަޙްޤީޤުގައި ފުރިހަމަ ވެފައި ނުހުންނާތީ ވަރަށްބޮޑަށް ދަތިވާކަމަށް ކޯޓުން ފާހަގަ ކުރައްވައިފި. މިކަން މިހެން ދިމާވަނީ އެކްސިޑެންޓް ވާތަނަށް މީހުން އެއްވާތީ ކަމަށް ކަމިޝަނަރ ފާހަގަ ކުރެއްވި. ގަވާއިދުން ފުލުހުން ކޯޓަށް ޙާޟިރު ކުރުމުގައި ކޯޓަށް އެއްވެސް ދައްޗެއް ދިމާވާނަމަ އެދިމާވާ ހުރިހާ ދަތިތައް މިއަދުން ފެށިގެން ހައްލު ވާނެކަމަށް ވެސް ކަމިޝަނަރ ވިދާޅުވެއްޖެ.
![]() |
![]() |
13:30 - މައްސަލަ ޕޮލިހަށް ހުށަހެޅޭތާ 24 ގަޑި އިރުތެރޭގައި މައްސަލަތައް ކޯޓުގައި ޗާޖް ކުރެވިދާނެ ގޮތްވުމަށް ޕޮލިހުން ހުށަހަޅުއްވައިފި އެއީ ކޯޓުގެ އަމުރަކާ ނުލާ ބައެއްކަހަލަ ކަންކަން ކުރިއަށް ގެންދިއުން ދަތިވާތީ މަސްތުވާ ތަކެތީގެ ޤާނޫނާ ފުށުއަރާގޮތަށް ކަމެއްހިނގާނަމަ އެކަމެއް ހުއްޓުވޭގޮތް ވުން. އަދި މާލެތެރޭގައި މަސްތުވާ ތަކެތި ބޭނުންކުރުމާއި ވިއްކުމުގައި އުޅޭފަރާތްތަކުގެ ގިނަ މައްސަލަތައް ކޯޓުގައި ހުންނާނެ ކަމަށާއި އެފަދަ މައްސަލަަތައް އަވަހަށް ނިމޭގޮތް ވުމަށް ހުށަހަޅުއްވައިފި. ބައިވެރިންގެ ޚިޔާލަށް ފްލޯރ ހުޅުވާލައްވައިފި.
13:20 - ކޯޓަށް ހުށަހެޅޭ ޖިނާއީ މައްސަލަތައް ލަސްވާނަމަ އެކަމުގެ ސަބަބުން ވަރަށްބޮޑެތި ޚަރަދުތައް ސަރުކާރުން ހިނގާތީ މައްސަލަތައް ލަސްވާން ދިމާވާ ސަބަބުތައް ނައްތާލުމަށް ހުށަހަޅުއްވައިފި. ތަކުރާރުކޮށް އެއްމައްސަލައެއްގައި މީހުން ކޯޓަށް ޙާޟިރުކޮށް ދިނުމަށް ކޯޓުން އެދޭމައްސަލަ ޕޮލިހުން ފާހަގަ ކުރައްވައިފި.
13:10 - މޯލްޑިވްސް ޕޮލިސް ސަރވިސްއާއެކު ބޭއްވުމަށް ހަމަޖެހުނު ސެޝަން ފެށިއްޖެ. ޗެއާރކުރައްވަނީ ކަމިޝަނަރ އޮފް ޕޮލިސް އަލްފާޟިލް އާދަމް ޒާހިރު. ޕޮލިސް ސަރވިސް އާބެހޭ ތަޢާރަފް ދެއްވީވެސް އެމަނިކުފާނު. މިހާރު ކުރިއަށްދަނީ ކަރުދާސް ހުށަހެޅުމުގެބައި. ކަރުދާސް ހުށަހަޅުއްވައިދެއްވަނީ ސީނިއަރ ޑެޕިއުޓީ ކަމިޝަނަރ އޮފް ޕޮލިސް އަލްފާޟިލް ޢަބްދުއް ޝުކޫރު ޢަބްދުﷲ