ފަނޑިޔާރުންގެ ޤައުމީ މަހާސިންތާ 2006 ގެ ހަތަރުވަނަ ދުވަހުގެ ހެނދުނުގެ ދަންފަޅީގެ ކަވަރޭޖް – 17 އޮގަސްޓް 2006 (ބުރާސްފަތި)
12:15 - އެޓޮލްސް މިނިސްޓްރީގެ ސެޝަން ނިމުމާ އެކު ބައްދަލުވުން މެދުކަނޑާލެވިއްޖެ.
11:55 - މީހުން ޙާޟިރު ކުރުމުގައި އޮންނަ އެޓޯލްސް މިނިސްޓްރީގެ ދައުރު އިތުރަށް ހަރުދަނާ ކުރުމުގެ މައްޗަށް ބައިވެރިން ވާހަކަފުޅު ދައްކަވައިފި.
11:50 - ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު މަޢޫމާތަށްޓަކައި ބޭނުންވާއިރު ބައެއް ފަހަރު ރިޕޯޓްތައް ލިބުން ދަތިވާކަން ފާހަގަ ކުރައްވައިފި. ދައުވާކުރެއްވުމަށް ބައެއްފަހަރު ކަތީބުން ވަޑައިގަންނަވާއިރު އެބޭފުޅުން ރަނގަޅަށް ތައްޔާރު ވެވަޑައި ނުގެންނެވޭކަން ފާހަގަ ކުރައްވައިފި. ބަންދު މީހުން ކޯޓަށް ޙާޟިރު ކުރުމުގައި ދިމާވާ ދަތިތައް ފާހަގަ ކުރައްވައިފި.
11:35 - ރައްރަށުގައި އެކި މައްސަލަތައް ތަޙްޤީޤު ކުރެއްވުމަށް އެކަށީގެންވާ ފެންވަރުގެ މީހުން ނެތުމާ ގުޅިގެން ތަޙްޤީޤު ބަޔާންތައް ފުރިހަމަ ނުވާތީ މައްސަލަތައް ކުރިއަށް ގެންދިއުމަށް ދަތިވާ މައްސަލަ ފާހަގަ ކުރައްވައިފި. އެކަށީގެންވާ މުވައްޒަފުން ނުލިބުމުގެ ދަތިކަން އެޓޯލްސް އިން ފާހަގަ ކުރައްވައިފި. ގޭބަންދުގައި ތިބޭ މީހުން ގެއިން ނުކުމެގެން މަގުމަތީގައި އުޅޭ އިރުވެސް ރަށުއޮފީހުން އެކަށީގެންވާ އަޅާލުން ބައެއްފަހަރު އެކަންކަމާ ގުޅިގެން އަޅާލުން ބައެއްފަހަރު ނުލިބޭކަމަށް ހުށަހެޅިއްޖެ.
11:30 - މިނިސްޓްރީ އޮފް އެޓޮލްސް ޑިވެލޮޕްމަންޓް ގެ ސެޝަން ފެށިއްޖެ. ބައިވެރިވެ ވަޑައިގަންނަވަނީ ސީނިއަރ ލީގަލް އޮފިސަރ އަލްއުސްތާޛު ޢަބްދުލް ޙަންނާން އަދި ޑިޕިއުޓީ ޑިރެކްޓަރ ޢަބްދުއްރަހީމް އަބޫބަކުރު.ޕޭޕަރ ހުށަހަޅަން ފެށިއްޖެ. ޕޭޕަރު ހުށަހަޅުއްވަނީ އަލްއުސްތާޛު ޢަބްދުލް ޙަންނާނު.
އެކި މައްސަލަތަކާ ގުޅިގެން ރަށުންބޭރުން ހާޟިރުކުރެވޭ ފަރާތްތައް ކޯޓަށް ހާޟިރުކުރުމުން އަވަހަށް މައްސަލަތައް ހިންގޭގޮތްވުން އެދި ވަޑައިގެންފި
11:20 - މިނިސްޓްރީ އޮފް އެޓޮލްސް ޑިވެލޮޕްމަންޓް ގެ ސެޝަން ފެށިއްޖެ. ބައިވެރިވެ ވަޑައިގަންނަވަނީ ސީނިއަރ ލީގަލް އޮފިސަރ އަލްއުސްތާޛު ޢަބްދުލް ޙަންނާން އަދި ޑިޕިއުޓީ ޑިރެކްޓަރ ޢަބްދުއްރަހީމް އަބޫބަކުރު. ޕޭޕަރ ހުށަހަޅަން ފެށިއްޖެ. ޕޭޕަރު ހުށަހަޅުއްވަނީ އަލްއުސްތާޛު ޢަބްދުލް ޙަންނާނު.
11:14 - އެޓަރނީ ޖެނެރަލްގެ ސެޝަން ނިމިއްޖެ.
11:13 - އަބުރާބެހުމުގެ މައްސަލަތަކުގައި އަބުރާބެހެވުނު ފަރާތް ދައުވާދޫކޮށްލާ ޙާލަތުގައި މައްސަލަ ދޫކޮށްލެވޭނެ ފަސޭހަގޮތެއް ހަމަޖެހޭނެގޮތް ވުމަށް އެދި ވަޑައިގެންފި. އެކަން އެގޮތަށް ހަމަޖެހި ފައިވާނެ ކަމަށް ވިދާޅުވި. ބައެއްމައްސަލަ އަނބުރާ ގެންނަން ޖެހޭ ގޮތާއި މަޑުކޮށްލަން ޖެހޭގޮތް ދިމާވާތީ އެސުވާލު ހުށަހަޅުއްވައިފި. އެހެން އެދިމާވަނީ ބައެއްފަހަރު އެކި ފަރާތްތަކުން ކޯޓަށް މައްސަލަ ހުށަހެޅޭ ފަހުންވެސް ތަފާތު ޝަކުވާތައް އެޓާރނީ ޖެނެރަލަށް ހުށަހެޅޭތީ އެކަންކަން ބައްލަވަން ޖެހޭތީ ކަމަށް. މީހަކު ކުށެއްކުރުމުން ވަކި މުއްދަތެއްގެ ތެރޭގައި ދައުވާ ނުއުފުލިއްޖެނަމަ އެދައުވާއެއް ދެން ނޫފުލޭނެ ގޮތެއްގޮތެއް ހަމަޖެއްސެވުމަށް ހުށަހަޅުއްވާނެ ކަަމަށް އެޓާނީ ޖެނެރަލް ވިދާޅު ވެއްޖެ.
ރައްޔިތުންގެ މަޖިލިހުން ހަދަންޖެހޭ ބައެއް ޤާނޫނު ތައް އަދި ނުހެދި އެބަ ހުރި ކަމަށް އެޓާރނީ ޖެނެރަލް ވިދާޅުވެއްޖެ.
10:57 - ޖިނާއީ މައްސަލަތައް އަވަސް ކުރުމުގައި އެޅުއްވެން ހުރި ހުރިހާ ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށް އެޓާރނީ ޖެނެރަލް ވިދާޅުވެއްޖެ. އެޓޯލް އެޓަރނީން އަތޮޅުވެރިންގެ އަރިހުގައި ދަތުރުތަކުގައި އުޅުއްވާތީ ބައެއްފަހަރު ކޯޓަށް ޙާޟިރުވުމުގައި ދަތިތަކެއް ކުރިމަތިވަމުން ދާކަން ފާހަގަ ކުރައްވައިފި. އެޓޯލް އެޓާރނީންގެ ކަންކަން ރަނގަޅަށް އިންތިޒާމު ކުރެއްވުމުގެ މަސައްކަތް ފައްޓަވާފައިވަކަމަށް އެޓަރނީ ޖެނެރަލް ވިދާޅުވެއްޖެ.
10:53 - ކުޑަކުދިންގެ މައްސަލަ އާއި ބޮޑެތި މީހުންގެ މައްސަލަ އެއްފޯމަކުން ހުށަހަޅާ މައްސަލަ ފާހަގަ ކުރެވުމާގުޅިގެން އެކަން ހައްލު ކޮށް ދެއްވާނެކަމަށް އެޓާރނީޖެރަލް ވިދާޅުވެއްޖެ. ކޯޓުން މިހާރުވެސް ޖިނާއީ މައްސަލަ ތަކުގައި ދައުވާ ލިބޭ ފަރާތްތައް ޤާނޫނީ އެހީތެރިކަމާއި ލިއެކިއުންތައް ލިބޭނެ ގޮތް އިންތިޒާމް ކޮށްދެވޭ ކަމަށް ޖިނާއީ ކޯޓުން ފާހަގަ ކުރައްވައިފި.
10:45 - އެޓޯލް އެޓާރނީން ހަމަޖެހިފައިނެތް އަތޮޅުތަކުގައި ނުވަތަ އޭނާއަށް ކޯޓަށް ޙާޟިރު ނުވެވޭ ވަގުތުތަކުގައި އެކަށީގެންވާ ތަޢުލީމާ ތަޖްރިބާ ނެތް ފަރާތްތަކުން ކޯޓަށް ޙާޟިރުވާތީ ޝަރީޢަތް ހިންގުމަށް ދަތިވާކަން ފާހަގަކުރެވިއްޖެ. އެޓޯލް އެޓާރނީން ތަމްރީނު ކުރުމަށާއި އެމީހުންނަށް އެކަށީގެންވާ ޢިނާޔަތް ހަމަޖައްސައިގެން މީހުން ހޯދުމަށް ވަރަށްބޮޑަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް އެޓަރނީ ޖެނެރަލް ވިދާޅުވެއްޖެ
10:40 - އެޓާރނީ ޖެނެރަލް އިތުރު ވާހަކަ ފުޅެއް ދައްވާލައްވަނީ. ފަނޑިޔާރުން އިތުރަށް ދިރާސާ ކުރެއްވުމަށް އެދިވަޑައިގެންނެވި، އަދި ލޯ ލައިބްރަރީގައި އެޚިދުމަތް ލިބޭނެގޮތް ހަމަޖެހިފައިވާކަމަށް ފާހަގަ ކުރެއްވި. މިހާރު ބައިވެރިންގެ ޚިޔާލު ފުޅުތަކަށް ފްލޯރ ހުޅުވާ ލެވިއްޖެ.
10:35 - ޝަރީޢަތުގެ މިޖިލިހަށް ބައެއްފަހަރު ހެކިން މާ އަވަހަށް ވައްދާތީ ބައެއްފަހަރު ހެކިންގެ ގޮތުގައި ޙާޟިރުވާ ފަރާތްތަކަށް ދައުވާ ލިބޭފަރާތްތަކުން ބިރުދެއްކުން ކުރިމަތިކުރާތީ ހެކި ބަސް ދިނުމަށް ފަސްޖެހޭކަން ފާހަގަ ކުރެއްވި. ހެކިންގެ ގޮތުގައި ހާޟިރު ކުރެވޭ ފަރާތްތަކަށް ޙިމާޔަތް ލިބޭނެ ގޮތްތަކެއް ރޭވުމަށް އެދުނު.
10:30 - ޖިނާއީ މައްސަލަތަކުގައި ދައުވާލިބޭ ބައެއް ފަރާތްތަކަކީ މާލީގޮތުން ވަކީލެއް ހޯދޭފަދަ ތަނަވަސްކަން ނެތް މީހުން ކަމަށާއި، އަދި ދިފާޢުގައި ވާހަކަ ދެއްކެވޭ ފަދަ ހޭލުން ތެރިކަންވެސް ބައެއްފަހަރު ނުހުންނާތީ އެފަރާތްތަކަށް ކޯޓުން ދެއްވޭނެ އެހީތެރިކަން ފަސްނުޖެހި ދެއްވުމަށް ހުށަހެޅުއްވި.
10:25 - އެޓަރނީ ޖެނެރަލްގެ ވާހަކަފުޅަށް ފަހު އެޓާރނީ ޖެނެރަލް އޮފީހުން ހުށަހަޅުއްވާ ކަރުދާސް ހުޅުއްވަން ފައްޓަވައިފި. ކަރުދާސް ހުށަހަޅުއްވަނީ އެޓާނީ ޖެނެރަލްގެ ނާއިބު އަލްއުސްތާޛު އަޙްމަދު މުޙައްމަދު.
10:23 - އެއްފަސް ކުރުމުގެ ސިޔާސަތުގެ ދަށުން ރަށްރަށް އެއްފަސްވަމުން ދާއިރު އެ އާބާދީ ތަކަށް ޚިދުމަތް ދެވޭފެންވަރުގެ ކޯޓުތަކެއް ހުންނަން ޖެހޭނެކަމަށް އެޓާރނީޖެނެރަލް ވިދާޅުވި.
10:20 - މި މަސް ނިމުމުގެ ކުރިން ކުރިމިނަލް ޕްރޮސީޖަރ ކޯޑު ރައްޔިތުންގެ މަޖިލިހަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެއްޖެ. އަންނަން ހުރި ޤާނޫނު ތަކާ ޤަވާޢިދުތަކަށް ފުރިހަމައަށް މެޖިސްޓްރޭޓުން ތައްޔާރުވުމަށް އެދިވަޑައިގެންފި.
10:05 - އެޓަރނީ ޖެނެރަލް ގެ އޮފީހާއެކު ބޭއްވުމަށް ހަމަޖެހިފައިވާ މަޝްވަރާތައް ފެށިއްޖެ. ރިޔާސަތު ބަލަހައްޓަވަނީ އެޓަރނީ ޖެނެރަލް ޑޮކްޓަރ ޙަސަން ސަޢީދު.
9:35 - ނިއުސް ބްރީފިންގ ފެށިއްޖެ. މަޢުލޫމާތު ދެވޭނީ 3 ވަނަ ދުވަހު މަޝްވަރާ ކަރުދާސް ތަކާ ބެހޭގޮތުން.
8:45 - ހައިކޯޓުގެ ސެޝަން ކެންސަލް ވެއްޖެ. ވުމާއެކު މިގަޑި ޚާއްޞަ ކުރައްވާފައިވަނީ އޯޕަން ފޯރަމެއްގެ ގޮތުގައި ވަރަށްގިނަ ބައިވެރިންދަނީ ޚިޔާލުފާލު ކުރައްވަމުން.
މި އަދުގެ ދަންފަޅިތަކުގައި މަޝްވަރާ ކުރެވޭނީ ސަރުކާރުގެ އެކި މުވައްސަސާތަކާއެކު. މިގޮތުން ޝެޑިއުލް ކުރެވިފައިވާ ތަންތަނަކީ ދިވެހިރާއްޖޭގެ ހައިކޯޓާއި، އެޓާރނީ ޖެނެރަލްގެ އޮފީހާއި، މިނިސްޓްރީ އޮފް އެޓޮލްސް ޑިވެލޮޕްމަންޓާއި، މޯލްޑިވްސް ޕޮލިސް ސާރވިސް އާއި، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ އާއި، މިނިސްޓްރީ އޮފް ހޯމްއެފެއާޒެވެ.