ފަނޑިޔާރުންގެ ޤައުމީ މަހާސިންތާ 2006 ގެ ތިންވަނަދުވަހުގެ ރޭގަނޑު ދަންފަޅީގެ ކަވަރޭޖް – 16 އޮގަސްޓް 2006 – (ބުދަ)
22:50 – ގްރޫޕް 4 ގެ ކަރުދާސް ހުށަހަޅަން ފެށިއްޖެ. ހުށަހަޅުއްވަނީ އަލްފާޟިލް މުޙައްމަދު ސަމީރު. ގްރޫޕުގެ ހުށަހެޅުން ތައް ހުށަހަޅާ ނިމިއްޖެ. ފްލޯރ ހުޅުވާލެވިއްޖެ.
ޚިދުމަތް ލިބިގަންނަން އަންނަ ފަރާތްތަކަށް ތަފާތު ކުރުމެއްނެތި ޚިދުމަތް ދިނުމަށާއި،ޝަރްޢީދާއިރާގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކާ އެކު އެކަށީގެންވާ މުސާރައަކާއި ޢިނާޔަތްތަކެއް ލިބުމުގެ މުހިންމުކަމާއި، ޝަރްޢީދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުން ގެ ހެދުން ބަހައްޓަންވީ ގޮތާއި، އަދި މިނޫނަސް ވަރަށް ގިނަ ކަންކަމާ ބެހޭގޮތުން ވާހަކަ ދެކެވުނު.
ރޭގަނޑުގެ ސެޝަން ނިންމަވާލައްވައިފި.
22:35 – ފަނޑިޔާރުންގެ ސްލޫކު ފުރިހަމަ ވުމަށް ފަނޑިޔާރުންނަށް އެކަށީގެންވާ މުސާރައަކާއި ޢިނާޔަތްތަކެއް ލިބެންޖެހޭނެ ކަމަށް ގިނަ ބޭފުޅުން ހުށަހެޅުއްވި. މިހާރު ގްރޫޕް 2 ގެ ކަރުދާސް ހުށަހަޅަން ފެށިއްޖެ. ކަރުދާސް ހުށަހަޅުއްވަނީ އާއިލައާބެހޭ ކޯޓުގެ ޤާޟީ އައްޝައިޚް ޙަސަން ސަޢީދު
22:15 – ކަރުދާސް ހުށަހަޅާ ނިމިއްޖެ. ބައިވެރިންގެ ޚިޔާލު ފުޅަށް ފްލޯރ ހުޅުވާލައްވައިފި.
22:12 – ގްރޫޕް 5 ގެ ކަރުދާސް ހުށަހަޅަން ފެށިއްޖެ. ކަރުދާސް ހުށަހަޅުއްވަނީ ކުޑަކުދިންނާބެހޭ ކޯޓުގެ ޤާޟީ އަލްފާޟިލް ޢަބްދުﷲދީދީ. މަޢުޟޫޢަކީ ފަނޑިޔާރުންގެ ސްލޫކީ މިންގަނޑު
22:05 – ކަރުދާސް ހުށަހަޅާ ނިންމާލުމާ ގުޅިގެން ބައިވެރިްނ ޚިޔާލު ފާޅުކުރުމަށް ފްލޯރ ހުޅުވާލެވިއްޖެ. ވާހަކަ ދައްކަވަނީ މަދަނީ ކޯޓުގެ ޤާޟީ އައްޝައިޚް މުޙައްމަދު ނަޢީމު. ކޯޓަށް ޙާޟިރުވާ ބައެއްފަރާތްތަކުން ސްލޫކު ބަހައްޓަންވީ ގޮތާއި، ބެހޭގޮތުން ވަރަށް ތަފްސީލުކޮށް އަލިއަޅުވާލެއްވި. ގްރޫޕް 1 ގެ ކަރުދާސް ހުށަހަޅަން ފެށިއްޖެ. ކަރުދާސް ހުށަހަޅުއްވަނީ އައްޝައިޚް ޢަބްދުﷲ އަދީބު
21:50 – ގްރޫޕް މަޝްވަރާތައް ނިންމާލުމަށް ފަހު ކަރުދާސް ހުށަހަޅަން ފެށިއްޖެ. ގްރޫޕް 3 ން ކަރުދާސް ހުށަހެޅުއްވީ ގއ.ކަނޑު ހުޅުދޫ ކޯޓުގެ މެޖިސްޓްރޭޓް އަލްފާޟިލް ޙަސަންދީދީ. މަޢުޟޫޢަކީ "ކޯޓުތަކުގެ ޚިދުމަތް ހޯދާ ފަރާތްތަކުގެ ސްލޫކު ބަހައްޓަންވީ ގޮތް"
20:55 - މަޢުޟޫޢާބެހޭ ތަފްޞީލްދީ ނިމުމާއެކު ގްރޫޕް މަޝްވަރާތައް ފެށިއްޖެ. މި މަޝްވަރާތަކުގައި ޖުޑީޝަލް ސާރވިސަސް ކަމިޝަންގެ ބައެއްމެމްބަރުންވެސް ބައިވެރިވެ ވަޑައިގަންނަވާ.
20:45 – ރޭގަނޑުގެ ދަންފަޅި ފެށިއްޖެ- މި ދަންފަޅިއަށް ޚާއްޞަ ކުރެވިފައިވާ މަޢުޟޫޢަކީ "ޝަރްޢީ ދާއިރާގައި ހިފަހައްޓަންޖެހޭ ސުލޫކީ މިންގަނޑު" މިހާރު ކުރިއަށްދަނީ މަޢުޟޫޢާބެހޭ ތަޢާރަފްދެއްވުމުގެބައި، މިބައި ކުރިއަށް ގެންގޮސް ދެއްވަނީ މިނިސްޓްރީ އޮފް ޖަސްޓިސް ގެ ޑިޕިއުޓީ ޑިރެކްޓަރ ލީގަލް އެފެއާޒް އަލްއުސްތާޛާ ޢައިޝާ ޝުޖޫން މުޙައްމަދު.
ފަނޑިޔާރުންގެ
ޤައުމީ މަހާސިންތާ
2006 :
ތިންވަނަ
ދުވަހުގެ
މެންދުރުފަހު
ދަންފަޅި - 16
އޮގަސްޓް 2006 -
(ބުދަ)
ތިންވަނަ
ދުވަހުގެ
ހެދުނު
ދަންފަޅި - 16
އޮގަސްޓް 2006 -
(ބުދަ)
ދެވަނަ
ދުވަހުގެ
ރޭގަނޑު
ދަންފަޅި - 15
އޮގަސްޓް 2006 – (އަންގާރަ)
ދެވަނަ
ދުވަހުގެ މެންދުރުފަހު
ދަންފަޅި- 15
އޮގަސްޓް 2006 – (އަންގާރަ)
ދެވަނަ
ދުވަހުގެ ހެނދުނުު
ދަންފަޅި - 15
އޮގަސްޓް 2006 – (އަންގާރަ)
ފުރަތަމަ
ދުވަހުގެ
ރޭގަނޑު
ދަންފަޅި – 14 އޮގަސްޓް
2006 – (ހޯމަ)