ފަނޑިޔާރުންގެ ޤައުމީ މަހާސިންތާ 2006 ގެ ތިންވަނަދުވަހުގެ މެންދުރުފަހު ދަންފަޅީގެ ކަވަރޭޖް- 16 އޮގަސްޓް 2006 (ބުދަ)
17:50 - ގއ.ކަނޑުހުޅުދޫ ކޯޓުގެ މެޖިސްޓްރޭޓް އަލްފާޟިލް ޙަސަން ދީދީ ފާހަގަ ކުރައްވަނީ ގއ.އަތޮޅުގެ ކޯޓުތަކުގެ ޢިމާރާތުގެ ދަތިކަން ވަރަށް ބޮޑުވެފައިވާކަމަށާއި، ކޯޓުތައް ޢިމާރާތް ކުރެއްވުމަށް ޖަސްޓިސް މިނިސްޓްރީ އިން ކުރައްވާ މަސައްކަތް އިތުރު ކުރަންޖެހޭކަމަށް ފާހަގަ ކުރެއްވި. ހއ.ކެލާ ކޯޓުގެ ސ.މެޖިސްޓްރޭޓް މުޙައްމަދު ރަޝީދު ފާހަގަ ކުރައްވަނީ ލިއުންތައް ހިމާޔަތްކުރުމުގައި މިހާރު ހުރި ދަތިތައް ހައްލުވާނެ ގޮތްވުން ވަރަށްމުހިންމުކަމަށް.
ފުރުޞަތައް އެދިފައިވާ ހުރިހާ ބައިވެރިންނަށް ފުރުޞަތު އަރުވާ ނިމުމާއެކު މެންދުރު ފަހުގެ ދަންފަޅި ނިންމާލައިފި.
ދެން ބައްދަލުވުން ފެށޭނީ މިރޭ 20:30 ގައި.
17:35 - ކޮލަމާފުށީ ކޯޓުގެ މެޖިސްޓްރޭޓް އަލްފާޟިލް ޢަޒީމް ޙަސަން ހުށަހަޅުއްވަނީ ކޯޓުގެ ޢިމާރާތް ކުރައްވާއިރު ކޮންމެހެން ޢިމާރާތުގައި ހުންނަންޖެހޭ މުހިންމު ބައިތައް ހުންނަން ޖެހޭނެކަމަށް. ބ.ކެންދޫ ކޯޓުގެ ސީނިއަރ މެޖިސްޓްރޭޓް އަލްފާޟިލް އަބޫބަކުރު މުހައްމަދު ފާހަގަ ކުރައްވަނީ ރަށުއޮފީހާ އެއްޢިމާރާތެއްގައި ހުރި ތަންތަން މަރާމާތު ކުރުމުގައި މިހާރު ދިމާވާ ދަތިތައް ހައްލުކުރުމަށް އަވަސް ފިޔަވަޅެއް އެޅުން ވަރަށް މުހިންމު ކަމަށް.
17:25 - ތ.ތިމަރަފުށީ ކޯޓުގެ ސީނިއަރ މެޖިސްޓްރޭޓް އަލްފާޟިލް ޢަބްދުލް ވައްހާބު ޙަސަންފުޅު ވިދާޅުވަނީ ޖަސްޓިސް މިނިސްޓްރީ އިން ކޯޓުތަކުގެ މަސައްކަތަށް ބޭނުންވާ ވަޞީލަތްތައް ފޯރުކޮށްދިނުމަށް ވަރަށްބޮޑު އިސްކަމެއް ދެއްވާ ކަމަށާއި ނަމަވެސް ބަޖެޓުގެ ދަތިކަމާހުރެ ބައެއް ކަންކަން ކުރިއަށް ގެންދިއުން ދަތިވާކަމަށް.
17:15 - ތުރާކުނު ކޯޓުގެ ސީނިއަރ މެޖިސްޓްރޭޓް އަލްއުސްތާޛު އަޙްމަދު ނަޞީރު އާދަމް ފާހަގަ ކުރައްވަނީ ކޯޓަށް ބޭނުން ޓެކްނޯލޮޖީ ލިބުން ވަރަށްބޮޑަށް ދަތިވާކަމަށް. މަދަނީ ކޯޓުގެ ޤާޟީ އައްޝައިޚް މުޙައްމަދު ނަޢީމު ލިއެކިއުން ރައްކާތެރިކޮށް ހަރުދަނާ ގޮތަކަށް ބެލެހެއްޓޭނެގޮތް ވުން ވަރަށް މުހިންމު ކަމަށް ހުށަހެޅުއްވި.
17:10 - ޢާއިލާ އާބެހޭ ކޯޓުގެ އިސްޤާޟީ އައްޝައިޚް ޔޫސުފް ޙުސައިން ކޯޓުގެ ޢިމާރާތުގެ ދަތިކަން ވަރަށްބޮޑަށް ފާހަގަ ކުރެއްވި.
17:05 - ދ.ހުޅުދެލީ ކޯޓުގެ ސީނިއަރ މެޖިސްޓްރޭޓް އަލްފާޟިލް ޢަބްދުއްސައްތާރު ހުށަހަޅުއްވަނީ ކޯޓުތައް ހިމާޔަތް ކޮށް ރައްކާތެރިކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާކަމަށް.
17:03 - ފ.މަގޫދޫ ކޯޓުގެ މެޖިސްޓްރޭޓް އަލްފާޟިލް ޢަބްދުއްސައްތާރު ސުލޭމާނު ފާާހަގަ ކުރައްވަނީ ކޯޓުތައް ވަކިޢިމާރާތުގައި ހުރުމުގެ މުހިންމުކަން ވަރަށް ބޮޑުކަމަށް.
17:00 - ގްރޫޕް 5ގެ ކަރުދާސް ހުށަހަޅާ ނިމިއްޖެ. ވާހަކަ ދެއްކުމަށް ފްލޯރ ހުޅުވާ ލެވިއްޖެ. ފުރަތަމަ ވާހަކަ ފުޅު ދައްކަވަނީ ސ.އަތޮޅު އިސްމެޖިސްޓްރޭޓް އަލްފާޟިލް މުޙައްމަދު ހާޝިމް. އޭނާ ފާހަގަ ކުރައްވަނީ ކޯޓުތަކުގެ ލިއުންތައް ހިމާޔަތް ކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަން ވެއްޖެކަމަށް.
16:56 – ގްރޫޕް 4ގެ ކަރުދާހުގައި ފާހަގަ ކުރި މައިގަނޑު ނުކުތާތަކުގެ ތެރޭގައި ހިމެނެނީ
16:55 – އައްޑުއަތޮޅު އިސްމެޖިސްޓްރޭޓް އަލްފާޟިލް މުޙައްމަދު ހާޝިމް ހުށަހަޅުއްވަނީ ހިމާޔަތާއި ޢިނާޔަތް ލިބުމުގައި ރަށުކޯޓުތަކުގެތެރެއިންވެސް ގިނަ މައްސަލަ ހުށަހެޅޭ ކޯޓުތައް މާލޭގެ ކޯޓުތަކެކޭ ތަފާތު ނުކުރުން މުހިންކު ކަމަށް. ގްރޫޕް 1ގެ ކަރުދާސް ހުށަހަޅާ ނިމިއްޖެ. މިހާރު ގްރޫޕް 4 ގެ ކަރުދާސް ހުށަހަޅަމުން ދަނީ. ކަރުދާސް ހުށަހަޅުއްވަނީ ޢާއިލާ އާއި ބެހޭކޯޓުގެ ރަޖިސްޓްރާރ އައްޝައިޚް އިބްރާހީމް ވަޙީދު.
16:33 – މަދަނީ ކޯޓުގެ އިސްޤާޟީ އަލްފާޟިލް މުޖްތާޒް ފަހްމީ ފާހަގަ ކުރައްވަނީް ފަނޑިޔާރުންނަށް ފުރިހަމަ ހިމާޔަތާއެކު ޝަރީޢަތް ކުރެވޭނެ ވެއްޓެއް އޮތުން ވަރަށް މުހިންމު ކަމަށް.
16:25 – ޢަޞުރު ނަމާދު ވަގުތަށް މެދު ކަނޑާލުމަށްފަހު އަލުން ފެށިއްޖެ. މިހާރު ވާހަކަ ފުޅުދައްކަވަނީ ރ.ހުޅުދުއްފާރު ކޯޓުގެ މެޖިސްޓްރޭޓް އަލްފާޟިލް ޢަލީ މުސްތަފާ އޭނާ ފާހަގަ ކުރައްވަނީ ޝަރްޢީދާއިރާ މުސްތަޤިއްލު ކުރުމުގައި ތަރައްޤީވެފައިވާ ޤައުމުތަކުގެ މިސާލު ނެގޭވާހަކައާއި، ނަމަވެސް ޙިމާޔަތާއި ޢިނާޔަތް ދިނުމުގައި ތަރައްޤީވަމުން އަންނަ ތިންވަނަ ދުނިޔޭގެ ގައުމުތަކުގެ މައްޗަށް މިސާލު ނެގޭތީ.
15:35 – ޢަޞުރު ނަމާދު ވަގުތައް މެދުކަނޑުއްވާ ލައްވައިފި. ދެންފެށޭނީ 16:15 ގައި.
15:07 – ފަނޑިޔާރުންގެ ހިމާޔަތާ ރައްކާތެރިކަމަށްޓަކައި ފަނޑިޔާރުން ގެ އިންޓަރގްރީޓީ ހިފެހެއްޓުމާއި ފަނޑިޔާރުންގެ ޖަޒްބާތު ކޮންޓްރޯލް ކުރުމަކީ ވަރަށް މުހިންމު ކަމެއްކަމަށް ސ. މީދޫ ކޯޓުގެ މެޖިސްޓްރޭޓް އަލްފާޟިލް ޢަބްދުލް ޣަނީ ފާހަގަކުރެއްވި.
15:05 – ގދ. ގައްދޫ ކޯޓުގެ މެޖިސްޓްރޭޓް އަލްފާޟިލް މުޙައްމަދު ރާޣިބު ހުށަހަޅުއްވަނީ ފަނޑިޔާރުންނަށް ލިބޭ ގޯނާތަކަށް އެކަށީގެންވާ ބަދަލެއްލިބޭގޮތްވުން ވަރަށް މުހިންމު ކަމަށް. ފަނޑިޔާރުންނަށް ވެސް ޑިޕްލޮމެޓިކް ޕާސްޕޯޓެއް ލިބުން މުހިންމު ކަމަށް ފ.މަގޫދޫ ކޯޓުގެ މެޖިސްޓްރޭޓް އަލްފާޟިލް ޢަބްދުއްސައްތާރު ސުލޭމާނު ހުށަހެޅުއްވި.
14:57 – ގްރޫޕް 1 ގެ ކަރުދާސް ހުށަހަޅާ ނިމުމާ ގުޅިގެން ފްލޯރ ހުޅުވާލެވިއްޖެ. ފުރަތަމަ ވާހަކަފުޅު ދައްކަވަނީ މަދަނީ ކޯޓުގެ އިސްޤާޟީ އަލްފާޟިލް މުޖުތާޒް ފަހުމީ. ގްރޫޕް 1 ގެ ކަރުދާހުގައި ވަރަށް ރަނގަޅު ނުކުތާތަކެއް ހުރިކަމަށް ފާހަގަ ކުރެއްވި. ސ.އަތޮޅު އިސްމެޖިސްޓްރޭޓް މުޙައްމަދު ހާޝިމް ފާހަގަ ކުރައްވަނީ ގްރޫޕް 1ގެ ކަރުދާހުގައި ހުރި ވަގުތުން ވަގުތަށް އިސްލާޙް ކުރެވެން ހުރިކަންކަން އިސްލާޙްވުން ވަރަށް މުހިންމު ކަމަށް. ޤާޟީންނަށް އެމީހުން ކުރާ ހުކުމް ތަކާގުޅިގެން ވަރަށް ބޮޑެތި ގޯނާތައް ކުރެވިފައިވާކަން ފާހަގަ ކުރެއްވި.
14:47 – ގްރޫޕް 1ގެ ކަރުދާސް ހުށަހަޅުއްވަނީ ޖިނާއީ ކޯޓުގެ ޤާޟީ އަލްއުސްތާޛު ޢަބްދުﷲ މުޙައްމަދު.ޕޭޕަރުގައި ފާހަގަ ކުރެވޭ މުހިންމު ނުކުތާ ތަކުގެ ތެރޭގައި
14:28 – ކ.ގުރައިދޫ ކޯޓުގެ މެޖިސްޓްރޭޓް އަލްފާޟިލް މުޙައްމަދު މޫސާ ފަނޑިޔާރުންނަށް ލިބޭ ޖިސްމާނީ ގެއްލުންތަކަށް ފަރުވާލިބުން ތަންކޮޅެއް ހަރުދަނާ ވުމަށް ހުށަހެޅުއްވި. ކޯޓުގެ ވަޒީފާއުޅެ ޢުމުރުން ދުވަސްވުމުން ނުވަތަ ޕެންޝަން ލިބުމުން ވަޒީފާއިން ބައެއްފަހަރު ވަކިވާތީ ވަޒީފާގެ ހިމާޔަތެއް ލިބޭނެގޮތް ވުން އެދި ބ.ކެންދޫ ކޯޓުގެ ސީނިއަރ މެޖިސްޓްރޭޓް އަލްފާޟިލް އަބޫބަކުރު މުޙައްމަދު ހުށަހެޅުއްވި.
އިތުރު ބައިވެރިއަކު ފުރުޞަތަކަށް އެދިފައި ނުވުމާއެކު ޚިޔާލު ފާޅުކުރުން ކުރުކޮށްލާ. ގްރޫޕް 1 ގެ ކަރުދާސް ހުށަހަޅަން ފެށިއްޖެ.
14:12 – މަދަނީ ކޯޓުގެ ޤާޟީ އައްޝައިޚް މުޙައްމަދު ނަޢީމު އަޙްމަދު ވާހަކަފުޅު ދައްކަވައިފި. މިހާރު ވާހަކަ ފުޅު ދައްކަވަނީ ގދ. ގައްދޫ ކޯޓުގެ މެޖިސްޓްރޭޓް އަލްފާޟިލް މުޙައްމަދު ރާޣިބު. އޭނާ ފާހަގަ ކުރައްވަނީ ސްކޫލު ކުދިން ޤާނޫނު ތަކާމެދު ހޭލުން ތެރިކުރުމުގެ ޚާއްޞަ ޕްރޮގްރާމެއް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ހިންގުމަށް.
މަދަނީ ކޯޓުގެ ޤާޟީ އަލްއުސްތާޛު ޢަލީ ސަމީރު ފާހަގަ ކުރައްވަނީ ފަނޑިޔާރުންނެކޭ އެއްގޮތަށް ކޯޓުތަކުގެ މުވައްޒަފުންނަށް ރަނގަޅު ޢިނާޔަތަކާއި ހިމާޔަތެއް ލިބެންޖެހޭނެ ކަމަށާއި، ޤާނޫނާއި ޤަވާޢިދު ހެދުމާ އެއްވަރަށް ޤާނޫނު ތަކާއި ޤަވާޢިދުތައް ތަންފީޒު ވުން މުހިންމު ކަމަށް. މީހުންނާ މުޢާމަލާތު ކުރާނެ ގޮތް ކަމާބެހޭ މުވައްޒަފުންނަށް ދަސްކޮށްދިނުން މުހިންމުކަމަށް.
13:49 – ގްރޫޕް 2 އާއި 3 ގެ ކަރުދާހުން ފާހަގަ ކުރެވޭ މައިގަނޑު ނުކުތާ ތަކުގެ ތެރޭގައި،
13:47 – ގްރޫޕު 2 ގެ ކަރުދާހުން ފާހަގަ ކޮށްލެވޭ މުހިންމު ނުކުތާތައް ބިނާ ވެފައިހުރީ ޢަދުލު އިންސާފުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ދިމާވެފައިވާ މައްސަލަ ތަކުގެ މައްޗަށް. ގުޅޭ މަޢުޟޫއަކަށްވާތީ ފްލޯރ ހުޅުވާލުމަށް ހަމަޖެހިފައިވަނީ ގްރޫޕް 3 ގެ ޕޭޕަރ ވެސް ހުށަހަޅާ ނިމުމަށް ފަހު. މިހާރު ގްރޫޕް 3 ގެ ކަރުދާސްވެސް ހުށަހަޅަން ފެށިއްޖެ. ކަރުދާސް ހުށަހަޅުއްވަނީ ކ.ގުރައިދޫ ކޯޓުގެ ސީނިއަރ މެޖިސްޓްރޭޓް އަލްފާޟިލް މުޙައްމަދު މޫސާ.
13:45 - މެންދުރު ފަހުގެ ދަންފަޅި ފެށިއްޖެ. މިހާރު ކުރިއަށްދަނީ ކަރުދާސް ހުށަހެޅުން. ފުރަތަމަ ކަރުދާސް ހުށަހަޅަނީ ގްރޫޕް 2 ން ފ.ނިލަންދޫ ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޛު ޢަބްދުއްލަތީފް ޙަމީދު.