"ފަނޑިޔާރުންގެ ޤައުމީ މަހާސިންތާ 2006" ގެ ތިންވަނަ ދުވަހުގެ ފުރަތަމަ ދަންފަޅީގެ ކަވަރޭޖް – 16 އޯގަސްޓް 2006 (ބުދަ)

12:00 - ގްރޫޕް މަޝްވަރާތައް ނިމުމާ ގުޅިގެން ހެނދުނުގެ ދަންފަޅި މެދުކަނޑާލެވިއްޖެ. ކަރުދާސް ހުށަހެޅުން ފެށޭނީ މެންދުރު ފަހު 1:30 ގައި.

10:35 - ކުޑަ މެދުކަނޑާ ލުމަކަށް ފަހު ހެނދުނުގެ ދަންފަޅީގެ ގްރޫޕް މަޝްވަރާތައް ފެށިއްޖެ. މި މަޝްވަރާތަކާއި ކަރުދާސް އެކުލަވާލުން މެންދުރު 12:00 އާ ހަމަޔަތް ކުރިއަށް ގެންދެވޭނެ.

10:25 - ފަނޑިޔާރުންގެ ޤައުމީ މަހާސިންތާގެ އިއްޔެގެ މަޝްވަރާތަކާ ބެހޭގޮތުން ތަޢާރަފް ދެއްވީ މިނިސްޓަރ އޮފް ޖަސްޓިހުގެ ނާއިބު އަލްފާޟިލް މުޙައްމަދު މުޢިއްޒު ޢަދުނާނު. ނޫސްވެރިންގެ ފަރާތުން ހުށަހެޅުނު ހުރިހާ ސުވާލުތަކަށް ޖަވާބު ދީ ނިމުމާ އެކު ނިއުސް ބްރީފިންދ ނިންމާލައްވައިފި.

10:00 - ނޫސްވެރިން ގެ ބައްދަލުވުން ކުރިއަށްދަނީ.

9:15 - މިއަދުގެ މަޢުޟޫޢުކަމަށްވާ "ޢަދުލުއިންސާފުގެ ދާއިރާގެ ހިމާޔަތާއި ރައްކާތެރިކަން ހަރުދަނާ ކުރެވޭނެ ގޮތްތައް" ފަސްގްރޫޕަކަށް ބަހާލައިގެން މަޝްވަރާތައް ކުރިއަށް ގެންދަންވަނީ ފެށިފައި. މައިގަނޑު ސުރުޚީތަކަކީ ގްރޫޕް 1 އަށް "ފަނޑިޔާރުންގެ ހިމާޔަތާ ރައްކާތެރިކަން" ، ގްރޫޕް 2 އަށް " ޝަރްޢީ ދާއިރާގައި މަސައްކަތްކުރާ އެހެން މުވައްޒަފުންގެ ހިމާޔަތާ ރައްކާތެރިކަން" ، ގްރޫޕް 3 އަށް "ކޯޓަށް ޚިދުމަތް ހޯދަން އަންނަ ފަރާތްތައް ޙިމާޔަތްކޮށް ރައްކާތެރިކުރުން"، ގްރޫޕް 4 އަށް " ކޯޓުގެ ޢިމާރާތް ހިމާޔަތް ކޮށް ރައްކާތެރިކުރުން" ގްރޫޕް 5 އަށް " ކޯޓުގެ ލިޔެކިއުންތައް ހިމާޔަތްކޮށް ރައްކާތެރިކުރުން" .

8:50 - ހެނދުނުގެ ދަންފަޅި ފެށިއްޖެ. މިއަދުގެ މައުޟޫޢަކީ "ޝަރްޢީދާއިރާގެ ޙިމާޔަތާއި ރައްކާތެރިކަން ހަރުދަނާ ކުރެވޭނެ ގޮތްތައް".މަހާސިންތާ ކުރިއަށް ދާގޮތާބެހޭގޮތުން މިނިސްޓަރ އޮފް ޖަސްޓިސް އަލްއުސްތާޛު މުޙައްމަދު ޖަމީލު އަޙްމަދު ބައިވެރިންނަށް ތަޢާރަފެއް ދެއްވުމަށް ފަހު، މަޢުޟޫޢުގެ ތަޢާރަފް ދެއްވަން ފައްޓަވައިފި. ތަޢާރަފް ދެއްވަނީ މިނިސްޓްރީ އޮފް ޖަސްޓިސްގެ ޑިޕިއުޓީ ޑިރެކްޓަރ ލީގަލްއެފެއާޒް އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދު.