"ފަނޑިޔާރުންގެ ޤައުމީ މަހާސިންތާ 2006" ގެ ދެވަނަ ދުވަހުގެ މެންދުރުފަހު ދަންފަޅީގެ ކަވަރޭޖް – 15 އޯގަސްޓް 2006 (އަންގާރަ)

18:05 - ގްރޫޕް 4 ގެ ޕޭޕަރ ގެ މައްޗަށް ޚިޔާލު ފާޅުކޮށް ނިމުމާއެކު ސެޝަން ނިންމާ ލައްވައިފި. މިރޭ 20.30 ގައި ފެށޭ ސެޝަން ގައި އޮންނާނީ ލޯސޮސައިޓީއާއެކު.

18:05 - ކޯޓުތަކުގެ މައްސަލަތަކަށް ނުފޫޒު ނުފޯރާނީ ވަޒީފާގެ ހިމާޔަތް ލިބިގެން ކަމަށް މަދަނީކޯޓުގެ ޤާޟީ އަލްއުސްތާޛު އަލީސަމީރާއި، ބ.ކިހާދޫ ކޯޓުގެ މެޖިސްޓްރޭޓް އަލްފާޟިލް އަލީ ނަޞީރާއި ފާހަގަ ކުރެއްވި. ގއ. ވިލިނގިލީ ކޯޓުގެ މެޖިސްޓްރޭޓް އަލްފާޟިލް ޙަސަން ނަޖީބު ފާހަގަ ކުރައްވަނީ ކޯޓުގައި އެކަށީގެންވާ ޢަދަދަކަށް އެކަށީގެންވާ ޢަދަދަކަށް މުވައްޒަފުންނެތިގެން ދަތިވާކަމަށް.

18:00 – އަލްފާޟިލް ޝުޖާޢު އުސްމާނު ފާހަގަ ކުރައްވަނީ ކޯޓުތަކުގައި ހިނގާ މައްސަލަތަކަށް ކޮންމެވެސް ވަރަކަށް ނުފޫޒު ފޯރުވުމުގެ ފުރުޞަތު ދާދިފަހުން ފާސްވި ހިއުމަން ރައިޓްސް ގެ ބިލުގައި ބަޔާން ކުރެވިފައި ވާކަމަށް.

17:57 – އުކުޅަހު ކޯޓުގެ މެޖިސްޓްރޭޓް އަލްފާޟިލް ޢާމިރު ޝަކީލު ފާހަގަ ކުރައްވަނީ ވަކި ސަބަބެއް ނޭނގި ބައެއް މައްސަލަތައް ބައްލަވާ މެޖިސްޓްރޭޓްނޫން އެހެން މެޖިސްޓްރޭޓުންނަށް ހަވާލުކުރެވޭނަމަ އެކަމުގެ ސަބަބުން ތަފާތު ނުފޫޒު މައްސަލަތަކަށް ނުފޯރުވާކަމަށް ޤަބޫލު ކުރުން ދަތިވާނެ ކަމަށް ފާހަގަ ކުރެއްވި.

17:54 – މަދަނީ ކޯޓުގެ ޤާޟީ އައްޝައިޚް މުޙައްމަދުނަޢީމު އަޙްމަދު ވިދާޅުވަނީ ބައެއްފަރާތްތައް ކޯޓަށް ޙާޟިރު ނުކުރެވިގެން މައްސަލަތައް ލަސްވާކަމަށާއި، އެއްވެސް ސިޔާސީ ޕާޓީއެއް ގެ ނުފޫޒު ކޯޓުގައި ހިނގާ މައްސަލަތަކަށް ނުފޯރުވުމުގެ މުހިންމުކަމާއި، ބައެއް މައްސަލަތައް އަވަސް ކުރުމަށް ބާރު އަޅުއްވާ މިންވަރަށް ކޯޓަށް ބޭނުން ވަޞީލަތްތައް ލިބިދިނުން މުހިންމު ކަމަށް.

17:47 – ގްރޫޕު 4ގެ ކަރުދާހާ ގުޅިގެން މަޝްވަރާ ކުރުމަށް ފްލޯރ ހުޅުވާލެވިއްޖެ. މިހާރު ވާހަކަ ދައްކަވަނީ ޢާއިލާ އާއި ބެހޭ ކޯޓުގެ އިސްޤާާޟީ އައްޝައިޚް ޔޫސުފް ޙުސައިން. އޭނާ ގެ ވާހަކަ ފުޅުގައި ނުފޫޒަކީ ކޮބާކަން ބަޔާން ކުރައްވާ، އެކަމާދޭތެރޭ ތަފްސީލު ދެއްވި

17:45 – 3 ވަނަ ގްރޫޕުގެ ކަރުދާހާބެހޭ މަޝްވަރާ ނިމިއްޖެ. މިހާރު ގްރޫޕް 4 ގެ ކަރުދާސް ހުށަހަޅަން ފެށިއްޖެ. ކަރުދާސް ހުށަހަޅުއްވަނީ ހއ.ކެލާ ކޯޓުގެ ސީނިއަރ މެޖިސްޓްރޭޓް އަލްފާޟިލް މުޙައްމަދު ރަޝީދު. ގްރޫޕް 4 ގެ ކަރުދާހުގައިވާ މައިގަނޑު ކަންތައްތަކަކީ

17:43 – ބ.ކުޑަރިކިލު ކޯޓުގެ ސީނިއަރ މެޖިސްޓްރޭޓް އަލްފާޟިލް ޢަބްދުﷲ ޢަލީ ފާހަގަ ކުރައްވަނީ ހަމައެކަނި ވެރިކަންކުރާ ރަށުގެ ކޯޓު ތަކަށް އަތޮޅުގެ ކޯޓުތަކުގެ ބަޖެޓު ހަމަޖެހުމަށްވުރެ ހުރިހާކޯޓަކަށް ބަޖެޓު ބޭއްވުން މުހިންމު ކަމަށް.

17:25 – ތުރާކުނު ކޯޓުގެ މެޖިސްޓްރޭޓް އަޙްމަދު ނަޞީރު ފާހަގަ ކުރައްވަނީ ކޯޓުތަކުގައި ބޭނުން ކުރައްވާ ޓެކްނޯލޮޖީގެ ސާމާނު ފަސޭހައިން މަރާމާތު ކުރެވޭނެ ގޮތްވުން މުހިންމު ކަމަށް. ސ.އަތޮޅުގެ އިސްމެޖިސްޓްރޭޓް މުޙައްމަދު ހާޝިމް ހުށަހަޅުއްވަނީ ހުރިހާ ކޯޓަކަށް ވަކި ބަޖެޓް ބޭއްވުމުގެ ބަދަލުގައި އަތޮޅުތަކަށް ވަކި ބަޖެޓް ލިބުން މުހިންމު ކަމަށް.

17:16 – ޢާއިލާއާއި ބެހޭ ކޯޓުގެ އިސްޤާޟީ އައްޝައިޚް ޔޫސުފް ޙުސައިން ފާހަގަ ކުރައްވަނީ ކޯޓުތަކަށް ތަކެތި ފޮނުވުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާއި، މެޖިސްޓްރޭޓުންނާއި އިސްޤާޟީންނަށް އެކަށީގެންވާ ފޯނު އެލަވަންސެއް ހަމަޖެހޭނެ ގޮތެއްވުން މުހިންމު ކަމަށް.

17:14 – ގްރޫޕް 3 ގެ ކަރުދާސް ހުށަހަޅާ ނިމިއްޖެ. އަދި ޚިޔާލު ފާޅު ކުރުމަށް ފްލޯރ ހުޅުވާލެވިއްޖެ.

17:10 – ގްރޫޕް 3 ގެ ކަރުދާސް ހުށަހަޅަން ފެށިއްޖެ. ކަރުދާސް ހުށަހަޅުއްވަނީ ސ.ހިތަދޫ ކޯޓުގެ ސީނިއަރ މެޖިސްޓްރޭޓް އަލްފާޟިލް އިބްރާހިމް ނަފީސް. އެގްރޫޕުގެ ކަރުދާހުގައި ވާ މައިގަނޑު ކަންތައްތަކަކީ

16:59 – ސ.އަތޮޅު އިސްމެޖިސްޓްރޭޓް އަލްފާޟިލް މުޙައްމަދު ހާޝިމް ރަށުކޯޓު ތަކަށް ތަކެތި ފޮނުވުމުގައި ދިމާވާ ދަތިކަންތައްތައް ފާހަގަކޮށް އެކަން ހައްލުވާނެ ގޮތެއް ވުމަށް ފާހަގަކުރެއްވި. އާއިލާއާއި ބެހޭ ކޯޓުގެ ރަޖިސްޓްރާރ އައްޝައިޚް އިބްރާހިމް ވަހީދު ފާހަގަ ކުރައްވަނީ ކޯޓަށް މީހުން ހާޟިރު ކުރުމުގައި ދިމާވާ ދަތިތައް އަވަހަށް ހައްލުވުމާއި، އެކަށީގެންވާ ތަމަރީނު ލިބޭނެ ގޮތެއްވުން ފާހަގަ ކުރެއްވި. ޕޭޕަރ 2 ގެ މަޝްވަރާތައްނިމިއްޖެ.

16:55 – މަދަނީ ކޯޓުގެ ޤާޟީ އައްޝައިޚް މުޙައްމަދު ނަޢީމު ފާހަގަ ކުރައްވަނީ ކޯޓުތަކަށް ވެހިކަލެއް ލިބުމުގެ މުހިންމުކަން. އަދި ޗިޓުބަހާ މީހާ އައިޑެންޓިފައިވާނެ ގޮތެއްވުން މުހިންމު ކަން، ކ.ގުރައިދޫ ކޯޓުގެ މެޖިސްޓްރޭޓް އަލްފާޟިލް މުޙައްމަދު މޫސާ ފާހަގަ ކުރައްވަނީ ދައުލަތުން ވަޑައިގަންނަވާ ފަރާތާއި ޢާންމު ފަރާތްތައް ޝަރީޢަތުގައި ހަމަހަމަ ވުމުގެ މުހިންމުކަން.

16:53 – ގއ.ވިލިނގިލީ ކޯޓުގެ މެޖިސްޓްރޭޓް އަލްފާޟިލް ޙަސަންނަޖީބު ފާހަގަ ކުރެއްވީ ރަށުކޯޓުތަކުގެ ބަޖެޓު ވެރިކަން ކުރާ ކޯޓުތަކަށް ލިބުމުގެ މުހިންމު ކަމާއި، ތަފާސްހިސާބު ބެލެހެއްޓުން ފަދަ ކަންކަމަށް މުވައްޒަފުން ތަމްރީނުކުރުމުގެ މުހިންމު ކަން.

16:50 – ޝުޖާޢު އުސްމާނުގެ ވާހަކަ ފުޅުގައި ބަޖެޓު ވަކިކުރެވޭއިރު ރަށުކޯޓުގެ ބަޖެޓު ވެރިކަން ކުރާ ކޯޓުތަކަށް ލިބުން. ގދ.ގައްދޫ ކޯޓުގެ މެޖިސްޓްރޭޓް މުޙައްމަދު ރާޣިބު ގެ ވާހަކަ ފުޅު އަތޮޅުތަކަށް ތަކެތި ފޮނުވުމުގައި އެކަށިގެންވާ ނާލެއް ލިބުން.

16:45 – ގދ.އިސްމެޖިސްޓްރޭޓް ދޮންމަނިކު: މުވައްޒަފުންނަށް ރަނގަޅު ތަޢުލީމަކާއި ތަމްރީނެއް ދިނުމުގެ މުހިންމު ކަމުގެ މައްޗަށް ވާހަކަ ފުޅު ދެއްކެވި. އާއިލާ އާއި ބެހޭ ކޯޓުގެ ޤާޟީ އައްޝައިޚް ޙަސަން ސަޢީދު ވާހަކަ ފުޅު ދައްކަވަނީ:ފާހަގަ ކުރެއްވީ ޗިޓުބަހާ މުވައްޒަފުންނަށް އެކަށީގެންވާ އުޖޫރައެއް ހަމަޖެހުމުގެ މުހިންމު ކަމުގެ މައްޗަށް.

16:44 – ތިނަދޫ ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޛު މުޙައްމަދު ޒާހިރު: ކޯޓުގެ އިދާރީ މަސައްކަތުގެ ތެރެއަށް މެޖިސްޓްރޭޓުން ނުވަދެ ވާނެ ގޮަތެއްވޭތޯ. މިގޮތުން އިދާރީ ބަޔާއި ޝަރްޢީބައި ވަކިކުރުމަށް ބާރުއެޅުއްވި.

16:40 – އާއިލާއާ ބެހޭ ކޯޓުގެ އިސްޤާޟީ އައްޝައިޚް ޔޫސުފް ޙުސައިން: ކޯޓަށް މީހުން ޙާޟިރުކުރުމުގައި ސަރުކާރުގެ ކަމާބެހޭ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބޭތޯ ވާހަކަ ފުޅު ދައްކަވައިފި. ކޯޓަށް އެކަށީގެންވާ މާހައުލަކާއި އެކަށިގެންވާ ޢަދަދަކަށް މުވައްޒަފުން ލިބުން މުހިންމު ކަމަށް.

16:36 – ފ.މަގޫދޫ ކޯޓުގެ މެޖިސްޓްރޭޓް އަލްފާޟިލް ޢަބްދުއްސައްތާރު ސެލޭމާނު: ކޯޓުތަކުގެ ބަޖެޓު މިނިވަން ވުމަށް ބާރު އަޅުއްވާ ވާހަކަފުޅު ދައްކަވައިފި.

16:35 – ގްރޫޕް 2 ގެ ކަރުދާސް ހުށަހަޅާ ނިމިއްޖެ. މިހާރު ޚިޔާލު ފާޅުކުރުމަށް ފްލޯރ ހުޅުވާލެވިއްޖެ.

16:30 – އަސްރުނަމާދަށްފަހު ސެޝަން ކުރިޔަށް ގެންދަވަންފަށައިފި.

15:30 – ގްރޫޕް 2 ގެ ޕޭޕަރު ހުށަހަޅަން ފެށިއްޖެ. ކަރުދާސް ހުށަހަޅުއްވަނީ ގއ.ކޮލަމާފުށީ ކޯޓުގެ މެޖިސްޓްރޭޓް އަލްފާޟިލް ޢަޒީމް ޙަސަން. މި ގްރޫޕުގެ މައިގަނޑު މަޢުޟޫޢަކީ އިދާރީގޮތުންނާއި މާލީގޮތުން ދިމާވާ ދަތިތައް، ކަރުދާހުން ފާހަގަ ކުރެވޭ މައިގަނޑު ނުކުތާތަކަކީ

ޢަޞުރު ނަމާދަށް މެދުކަނޑާ ލެވިއްޖެ

15:19 – ކުޑަކުދިންނާބެހޭ ކޯޓުގެ ޤާޟީ އަލްފާޟިލް ޢަބްދުﷲ ދީދީ: ކުޑަކުދިންގެ މައްސަލަ ބެލުމުގައި އެންމެ ކުޑައުގޫބާތް ކަނޑައެޅުމުގައި ބަލާ މިންގަނޑާ ބެހޭ ގޮތުން ތަފްޞީލު ދެއްވި. ކުށުގެ ރެކޯޑު ބެލުން ފަދަ ތަފާތު ސަބަބު ތަކާހުރެވެސް ޙުކުމް އިސްލާޙްކުރަން ޖެހޭ ކަމަށާއި ހަމައެކަނި މަތީކޯޓުން އެކަން ކުރާނަމަ ކުދި މައްސަލަތަކުގައި ޙުކުމް ތަންފީޒު ވާފަހުންވެސް މައްސަލަތައް ކުރިމަތި ވެދާނެ.

15:16 – އާޢިލާއާބެހޭ ކޯޓުގެ ޤާޟީ އައްޝައިޚް ޙަސަން ސަޢީދު: ވަރީގެ ޖުރްމާނާ ހަމަ އެކަނި ފިރިހެން މީހާ ދައްކަން ޖެހޭގޮތައް އޮންނާތީ ބައެއްފަހަރު އަންހެން މީހާގެ ސަބަބުން ވެސް ވަރިއާ ހަމަޔަށް ދާން ޖެހިފައި އެބަހުރި ކަމަށް.ވީމާ ޖިންސުގެ ހަމަހަމަ ކަމަށް ވާހަކަ ދެކެވޭއިރު މިކަމަށްވެސް ސަމާލުވުން.

15:14 – ފ.މަގޫދޫ ކޯޓުގެ މެޖިސްޓްރޭޓް އަލްފާޟިލް ޢަބްދުއްސައްތާރު ސުލޭމާނު:ސާބިތު ޚަރަދަށް ވަކި ގަވާޢިދެއް ހެދުމާއި، ވަރިކާވެނީގެ ރެކޯޑް ބެލެއްޓުން ހަރުދަނާ ކުރުމާއި އެ މަޢުލޫމާތު ކޯޓުތަކަށް ލިބުން.

15:10 – ކަނޑުހުޅުދޫ ކޯޓުގެ މެޖިސްޓްރޭޓް ޙަސަން ދީދީ: އަގުކުރުމާބެހޭ ޤާނޫނަކަށް ވުރެ ޤަވާޢިދެއް އޮތުން މުހިންމުކަމަށް.

15:07 – ސ.އަތޮޅުގެ އިސްމެޖިސްޓްރޭޓް އަލްފާޟިލް މުހައްމަދު ހާޝިމް: ބިމާބެހޭ މައްސަލަތަކުގައި އެއްމެދު މުދާ ކަނޑައެޅޭނެ ގޮތް ހަރުދަނާކުރުން މުހިންމުކަމަށް.

15:03 – ކެލާކޯޓުގެ ސީނިއަރ މެޖިސްޓްރޭޓް އަލްފާޟިލް މުޙައްމަދު ރަޝީދު: ހެއްކާބެހޭ ޤާނޫނުގެ ދަށުން ޙުކުމް ކަނޑައެޅުމާ ބެހޭ މިންގަނޑެއް އޮތުން ބޭނުންކަމަށް. އަދި 18 އަހަރު ނުފުރެނިސް ކާވެނި ކުރުމުގެ ފުރުޞަތު ނުދިނުން މުހިންމުކަމަށް.

15:00 – މަދަނީ ކޯޓުގެ ޤާޟީ އަލްއުސްތާޛު ޢަލީ ސަމީރު: މައްސަލަ ނިންމާގޮތަކުން އެއްވެސް ފަނޑިޔާރަކު ކަނޑައަޅުއްވާ ހުކުމަކާ ގުޅިގެން އެއްވެސް ތަނަކަށް ޙާޟިރު ނުކުރެވުމާއި ސުވާލު ނުކުރެވުމުގެ މައްޗަށް.

14:55 – މިހާރު ވާހަކަފުޅު ދައްކަވަނީ މަދަނީ ކޯޓުގެ އިސްޤާޟީ އަލްފާޟިލް މުޖްތާޒް ފަހްމީ. އޭނާ ފާހަގަ ކުރައްވަނީ ބިމާބެހޭ ޤަވާޢިދުތަކަށް އިސްލާޙް ގެނައުމާ ބެހޭގޮތުންނާއި، ޝަރީޢަތާބެހޭ ޤަވާޢިދުތައް އެޕްރޫވްކުރުން މިނިސްޓްރީ އޮފް ޖަސްޓިހުން ކުރާ ކަމެއްގެ ގޮތުގައި ހަމަޖެހުން.

14:50 – މިހާރު ވާހަކަފުޅު ދައްކަވަނީ ތުރާކުނު ކޯޓުގެ ސީނިއަރ މެޖިސްޓްރޭޓް އަލްއުސްތާޛު އަޙްމަދު ނަޞީރު އާދަމް އޭނާ ވިދާޅުވަނީ ޝަރްޢީ މައްސަލަތަކާގުޅިގެން ގަސްގަހާގެހި އަގުކުރުމުގައި ދިމާވާ ދަތިތައް.

14:50 – މިހާރު ވާހަކަފުޅު ދައްކަވަނީ ބ.ކެންދޫ ކޯޓުގެ ސީނިއަރ މެޖިސްޓްރޭޓު އަލްފާޟިލް އަބޫބަކުރު މުޙައްމަދު. އޭނާ ފާހަގަ ކުރައްވަނީ ޝަރްޢީ އަގުކޮމިޓީތަކުން މައްސަލަތައް އަގު ކުރުމުގައި އަގުކުރުމާބެހޭ ޤަވާޢިދެއް ތައްޔާރު ކުރުމާއި، ވަރީގެ ޖުރްމާނާ ކުރުމާބެހޭ ގޮތުން.

14:48 – މިހާރު ވާހަކަފުޅު ދައްކަވަނީ ބ.ކުޑަރިކިލު ކޯޓުގެ ސީނިއަރ މެޖިސްޓްރޭޓު އަލްފާޟިލް ޢަބްދުﷲ ޢަލީ. އޭނާ ފާހަގަ ކުރައްވަނީ ކަނޑައެޅޭ ވަކި މުއްދަތެއްގައި މެޖިސްޓްރޭޓްކަން ކޮށްފިނަމަ ނުވަތަ ވަކި ޢަދަދަކަށް މައްސަލަ ބައްލަވައިފިނަމަ ވަކާލާތު ކުރުމުގެ ހުއްދަ ލިބޭނެ ގޮތެއް ހަމަޖެހުމާއި، ވަޒީފާ ހަމަޖެހިފައިވާ ކޯޓު ނޫން އެހެން ކޯޓުތަކަށް ހުށަހެޅޭ ކާވެނިތައްވެސް ޤާޟީންނާއި މެޖިސްޓްރޭޓުންނަށް ކުރެވޭގޮތަށް އޮތުން.

14:45 – މިހާރު ވާހަކަފުޅު ދައްކަވަނީ މަދަނީ ކޯޓުގެ ޤާޟީ އައްޝައިޚް މުޙައްމަދު ނަޢީމު އަޙްމަދު. އޭނާ ފާހަގަ ކުރައްވަނީ އިސްލާމް ދީނުގައި ނުވަތަ ޤާނޫނުގައި ކަނޑައެޅިފައިވާ ކަމެއްގައި އެނޫންގޮތަކަށް ޢަމަލު ނުކުރުމުގެ މައްޗަށް.މިހާރު ވާހަކަ ފުޅު ދައްކަވަނީ މަދަނީ ކޯޓުގެ ޤާޟީ އައްޝައިޚް އަޙްމަދު ޝަރީފް ޢަލީ. އޭނާ ފާހަގަ ކުރައްވަނީ ޤާނޫނު ތަންފީޒު ކުރުމާބެހޭ ގޮތުން ޕްރޮސީޖަރަލް ރޫލްސް ތަކެއް ކަނޑައެޅިފައި ނުހުންނާތީ ދިމާވާ ދަތިތައް. މިގޮތުން މިސާލަކަށް ފާހަގަ ކުރެއްވީ ކޮންޓްރޭކްޓާބެހޭ ޤާނޫނު. އިންޝޫރެންސާއި ބެހޭ ޤާނޫނުތައް ހުށަހެޅޭކަމަށާއި ނަމަވެސް އެކަމާބެހޭ ޤާނޫނެއް ނެތުމުން ވަރަށް ދަތިވާކަމަށް. ބައެއް ބައިނަލް އަޤްވާމީ މުޢާހަދާތައް ތަސްދީޤު ކުރާނަމަ އެކަންކަން ތަންފީޒުވާނީ އެކަމާބެހޭ ޤާނޫނުތައްވެސް ރާއްޖޭގައި ހެދިގެން ކަމަށް.

14:37 – މިހާރު ވާހަކަފުޅު ދައްކަވަނީ އަލްފާޟިލް ޝުޖާޢު އުސްމާނު. އޭނާ ފާހަގަކުރެއްވީ ކޯޓަކުން ޤާނޫނަކާނުވަތަ ޤަވާޢިދާ ޚިލާފަށް އޮޅުމަކުން ޙުކުމެއް ކުރެވުނު ނަމަވެސް އެޙުކުމެއް އިސްލާޙް ކުރުމުގެ ފުރުޞަތު މަތީކޯޓަކަށް ނޫނީ ލިބިގެން ނުވާނެ ކަމަށް. މިހާރު ވާހަކަ ފުޅު ދައްކަވަނީ އާއިލާ އާއި ބެހޭ ކޯޓުގެ އިސްޤާޟީ އައްޝައިޚް ޔޫސުފް ޙުސައިން.

14:34 – ގްރޫޕް 1 އާއި 5 ގެ ކަރުދާސް ހުށަހަޅާ ނިމުމާގުޅިގެން ބައިވެރިން ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިއްޖެ. ފުރަތަމަ ވާހަކަ ދެއްކެވީ ޏ.އަތޮޅުގެ އިސްމެޖިސްޓްރޭޓް މުޙައްމަދު ސަޢީދު އޭނާ ފާހަގަ ކުރެއްވީ ކުޑަކުދިން ކުރާ ކުށްތަކަށް އަދަބު ކަނޑައެޅުމުގައި އަދަބުގެ އެންމެ ކުޑަމިންވަރެއް ކަނޑައެޅުމާ ބެހޭގޮތުން. މިހާރު ވާހަކަ ދައްކަވަނީ ކ.ގުރައިދޫ ކޯޓުގެ ސީނިއަރ މެޖިސްޓްރޭޓް އަލްފާޟިލް މުޙައްމަދު މޫސާ.

14:30 – ގްރޫޕް 5 ގެ ޕޭޕަރު ހުށަހަޅަން ފެށިއްޖެ. އެގްރޫޕުގެ ކަރުދާސް ހުށަހަޅުއްވަނީ ގދ.ތިނަދޫ ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޛު މުޙައްމަދު ޒާހިރު. އެގްރޫޕުގެ ކަރުދާހުން މައިގަނޑު ގޮތެއްގައި ފާހަގަ ކުރެވެނީ

14:13 – ގްރޫޕް 1 ގެ ޕޭޕަރު ހުށަހަޅާ ނިމިއްޖެ. ޕޭޕަރ ހުށަހެޅުއްވީ ގއ.ވިލިނގިލީކޯޓުގެ މެޖިސްޓްރޭޓު އަލްފާޟިލް ޙަސަންނަޖީބު.

14:10 – ގްރޫޕް 1 ގެ ކަރުދާހުން ފާހަގަ ކުރެވޭ މައިގަނޑުކަންތައްތަކަކީ

14:00 -ފަނޑިޔާރުންގެ ޤައުމީމަހާސިންތާ 2006 ގެ ދެވަނަދުވަހުގެ މެންދުރުފަހުގެ ދަންފަޅި ފެށިއްޖެ. ފުރަތަމަ ކަރުދާސް ހުށަހަޅަނީ ގްރޫޕް 1 ން. އެގްރޫޕުގެ މަޢުޟޫޢަކީ ޤާނޫނުތަކާ ގަވާއިދުތައް މިހާރު ހުރިގޮތުގެ ސަބަބުން ޢަދުލު އިންސާފު ފޯރުކޮށް ދިނުމަށް ދިމާވާ ދަތިތައް.