"ފަނޑިޔާރުންގެ ޤައުމީ މަހާސިންތާ 2006" ގެ ދެވަނަ ދުވަހުގެ ފުރަތަމަ ދަންފަޅީގެ ކަވަރޭޖް- 15 އޯގަސްޓް 2006 (އަންގާރަ)
12:00-ހެނދުނުގެ ދަންފަޅި ނިމުނީ. މެންދުރު ފަހުގެ ދަންފަޅިފެށޭނީ 2:00 ގައި. މިދަންފަޅީގައި އޮންނާނީ ގުރޫޕްތަކުގެ މަޝްވަރާކަރުދާސް ހުށަހެޅުން.
11:25–މިހާރު ކުރިއަށްދާ ގްރޫޕް މަޝްވަރާތަކުގައި ގްރޫޕް 1 އާއި 5 ން ވާހަކަދައްކަވަނީ ޤާނޫނުތަކާ ގަވާއިދުތައް މިހާރު ހުރިގޮތުގެ ސަބަބުން ޢަދުލު އިންސާފު ފޯރުކޮށް ދިނުމަށް ދިމާވާ ދަތިތަކާ ބެހޭގޮތުން. ގްރޫޕް 2 ން ވާހަކަ ދައްކަވަނީ ކޯޓުތަކަށް އިދާރީގޮތުންނާއި މާލީގޮތުން ދިމާވާ ދަތިތަކާ ބެހޭގޮތުން. ގްރޫޕް 3 ން މަޝްވަރާ ކުރަނީ ޒަމާނީ ވަޞީލަތްތައް ހޯދުމުގަޔާއި ބޭނުންކުރުމުގައި ދިމަވާ ދަތިތަކާ ބެހޭގޮތުން. ގްރޫޕް 4 ން ވާހަކަ ދައްކަނީީ އެހެނިހެން ގޮތްގޮތުން ދިމާވާ ދަތިތަކާ ބެހޭގޮތުން.
10:35ނޫސްކޮންފަރެންސަށާއި ކުޑަ ބުރޭކަކަށް ފަހުގްރޫޕް މަޝްވަރާތައް ފެށިގެން ކުރިއަށް އެބަ ގެންދެވޭ. މަޝްވަރާތައް ކުރިއަށްދާއިރު ގްރޫގެ ކަރުދާސްތައްް ވެސް ދަނީ އެކުލަވާލެވެމުން.
10:30– ނޫސްވެރިންގެ ހުރިހާ ސުވާލުތަކަށް ޖަވާބުދީ ނިމުމާއެކު ނޫސް ކޮންފަރެންސްވެސް ނިންމާލެވިއްޖެ
10:25- ނޫސްވެރިންގެ ސުވާލުތަކަށް މިނިސްޓަރގެ ނާއިބު ވަރަށް ތަފްޞީލުކޮށް ޖަވާބު ދެއްވަމުން އެބަގެންދަވާ. މިހާރު ސުވާލު ކުރައްވަނީ ދިވެހިރާއްޖޭގެ އަޑުން، އެފަރާތުން ހުށަހެޅުއްވި ސުވާލަކީ ރާއްޖެއަށް އަލަށް ތަޢާރަފް ކުރެވެން އުޅޭ ކަންކަމަށް އަލިއަޅުވާލެވޭތޯ.
10:20– ނޫސްތަކުން ހުށަހެޅުނު މައިގަނޑު ސުވާލުތަކަކީ މަހާސިންތާގެ ނިންމުންތައް ތަންފީޒުކުރުމަށް ޓައިމްލައިނެއް އެކުލަވާލެވިފައިވޭތޯ އާއި މަހާސިންތާގެ ބައިވެރިން ގެ ފަރާތުން ހުށަހެޅޭ ކަންކަތައްތަކަކީ ތަންފީޒު ކުރެވިދާނެ ކަންތައްތަކެއްތޯ އާއި ޤާނޫނޫއަސާސީ އިސްލާޙްވާއިރު ނުރަސްމީ ސިފައެއްގައި ނަމަވެސް ޚާއްޞަމަޖިލިސްއަށް ފޮނުއްވާނެތޯ
10:10– ނޫސްތަކަށް ސުވާލުކުރުމުގެ ފުރުޞަތު ހުޅުވާލެވިއްޖެ.
10:10– ނޫސްތަކަށް މަޢުލޫމާތު ދިނުމަށް ހިނގަމުންދާ ސެޝަންގައި ރިޔާސަތު ބަލަހައްޓަވަނީ މިނިސްޓަރ އޮފް ޖަސްޓިހުގެ ނާއިބު އަލްފާޟިލް މުޙައްމަދު މުޢިއްޒު ޢަދުނާނު. މަހާސިންގތާގެ ފުރަތަމަ ދުވަހު ގެ ނިންމުތަކާބެހޭގޮތުން ތަޢާރަފް ދެއްވަމުން ދަނީ.
![]() |
![]() |
9:00– މަޢުޟޫޢާބެހޭގޮތުން އިތުރަށް ސާފުކުރަން ބޭނުންވާ ޕޮއިންޓްތައް ސާފުކޮށްދީ ނިމިއްޖެ. އަދި މަހާސިންތާގެދެވަނަ މަޢުޟޫޢަށް ގްރޫޕް މަޝްވަރާތައް ފެށިއްޖެ.
8:53– މަޢުޟޫޢާބެހޭގޮތުން އިތުރަށް ސާފުކުރަން ބޭނުންވާ ޕޮއިންޓްތައް ސާފުކުރުމުގެ ފުރުޞަތު ހުޅުވާލެވިއްޖެ.
8:30 – ފަނޑިޔާރުންގެ ޤައުމީ މަހާސިންތާ 2006 ގެ ދެވަނަ ދުވަހުގެ ހެނދުނުގެ ދަންފަޅި ފެށިއްޖެ. މިހާރު ކުރިއަށްދަނީ މިއަދުގެ މަޢުޟޫޢާބެހޭ ތަޢާރަފްދިނުމުގެ ބައި. ތަޢާރަފް ދެއްވަނީ މިނިސްޓްރީ އޮފް ޖަސްޓިސް ގެ ޑިޕިއުޓީ ޑިރެކްޓަރ، ލީގަލްއެފެއާޒް އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދު. މި އަދުގެ މަޢުޟޫޢަކީ "ޝަރްޢީދާއިރާއަށް ޢަދުލުއިންސާފު ޤާއިމުމޮށްދިނުމަށް ކުރިމަތި ވެފައިވާ ދަތިތައް".
![]() |
![]() |