މަޝްރޫޢުތައް

100 ދުވަހު ޓާގެޓް މަޝްރޫޢު
މާލޭގެ ކޯޓުތަކުގައި ނުނިމި ގިނަ ދުވަސްވީ މައްސަލަތައް އަވަހަށް ނިންމުމަށް އަމާޒުކުރެވިގެން 001 ދުވަހުގެ ޓާގެޓެއް ކަނޑައަޅާ ޚާއްޞަ މަސަކަތްތަކެއް 01 އޯގަސްޓް 2005 ގައި ވަނީ ފެށިފައެވެ.މި މަސައްކަތުގައި ހިމެނުނީ 31 ޑިސެމްބަރ 2003 ގެ ކުރިން ހުށަހެޅި މާލޭ ކޯޓުތަކުގައި ނުނިމިހުރި މައްސަލަ ތަކެވެ. މިގޮތުން މަދަނީ ކޯޓުން 99 މައްސަލައާއި ޖިނާއީ ކޯޓުގެ 47 މައްސަލައާޢި އާއިލާއާބެހޭ ކޯޓުގެ 5 މައްސަލަ ހިމެނިފައި ވެއެވެ.

މީގެ ތެރެއިން 77.7 އިންސައްތަ ޙާޞިލުކުރެވުނެވެ. އަދި ރަށުކޯޓުތަކަށް އަމާޒު ކުރެވިގެން ޚާއްޞަމަސައްކަތް ތަކެއް ފެށުމުގެ ތައްޔާރުތައް ދަނީ ހިނގަމުންނެވެ.

 

ސަތޭކަދުވަހުގެ ޓާގެޓް މަޝްރޫޢުގެ ނިމުންފާހަގަ ކުރުމުގެ ގޮތުން މަދަނީ ކޯޓުން އިންތިޒާމުކުރި ހަފުލާގެތެރެއިން

މެޖިސްޓްރޭޓުންނަށް ތަމްރީނު ޕްރޮގްރާމް ހިންގުން
މެޖިސްޓްރޭޓަށް އަމާޒުކުރެވިގެން ޚާއްސަ ޓްރޭނިންގ ޕްރޮޖެކްޓެއް ފެށިގެން ކުރިއަށް އެބަ ގެންދެވެއެވެ. މި މަޝްރޫޢުގެ ދަށުން ރާއްޖޭގެ ހުރިހާ ހިސާބެއްގެ މެޖިސްޓްރޭޓުންނަށް ޝަރްޢީ އިދާރީ އަދި ފައިސާބެހޭ މަސައްކަތްތައް ކުރާނެގޮތުގެ ފުރިހަމަ މަޢުލޫމާތު ފޯރުކޮށްދެވޭނެއެވެ. މި ޕްރޮގްރާމުގައި މަޢުލޫމާތު ދެނީ މިނިސްޓްރީ އޮފް ޖަސްޓިސްއާއި މާލޭ ކޯޓުތަކުގެ އިސްޤާޟީންނެވެ.

މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ތިލަދުންމަތީ އުތުރުބުރިއާއި އެތޮޅު ދެކުނު ބުރީގެ މެޖިސްޓްރޭޓުންނަށް ހިންގުނު ޕްރޮގްރާމް ހިންގުނީ 27 ސެޕްޓެމްބަރ 2005ން 30 ސެޕްޓެމްބަރ 2005 ގެ ނިޔަލަށް ހދ. ކުޅުދުއްފުށީގައި ބޭއްވިފައިވެއެވެ.

>

 

ތިލަދުންމަތީ މެޖިސްޓްރޭޓުންގެ މަސައްކަތު ބައްދަލުވުން 2005 ގެ ތެރެއިން