ރާއްޖޭގައި އާބިޓްރޭޝަން ސެންޓަރެއް ޤާއިމު ކުރުމަށް ވަޑައިގެންނެވި ބޭރުގެ ތަޖްރިބާކާރު ޑރ. ޕީޓަރ ބައިންޑަރ ކަމާ ބެހޭ ފަރާތްތަކާ މަޝްވަރާ ކުރައްވައިފި - 6 ޖުލައި 2008 (އާދީއްތަ)
ރާއްޖޭގެ ޝަރުޢީ ދާއިރާ ޒަމާނާ އެއްގޮތަށް ބަދަލުކޮށް ތަރައްޤީ ކުރުމުގެ ގޮތުން، ކޯޓުން ބޭރުގައި މައްސަލަ ނިންމުމަށް ޓަކައި ބޭނުންކުރާ ޕްރޮސީޖަރެއް ކަމުގައިވާ އާބިޓްރޭޝަން ރާއްޖެއަށް ތަޢާރަފުކުރުމަށްޓަކައި، އާބިޓްރޭޝަނާ ބެހޭ ބޭރުގެ ތަޖުރިބާކާރު ޑރ. ޕީޓަރ ބައިންޑަރ 27 ޖޫން ވީ ހުކުރު ދުވަހު ރާއްޖެ ވަޑައިގެން ކަމާ ބެހޭ ފަރާތްތަކާ ބައްދަލު ކުރެއްވިއެވެ. އެ މަނިކުފާނުގެ ޒިޔާރަތުގައި ރާއްޖޭގައި އާބިޓްރޭޝަން ސެންޓަރެއް ޤާއިމުކުރުމަށްޓަކައި އެކުލަވާލަމުންދާ އާބިޓްރޭޝަނާއި ބެހޭ ޤާނޫންގެ ޑްރާފްޓިންގ ކޮމިޓީގެ ...(އިތުރު ތަފްސީލް)

ރަށުކޯޓުތަކުގެ މުވައްޒަފުންނަށް ހިންގި ތަމްރީންކޯސް ނިމި، ބައިވެރީންނަށް ހަނދާނީލިއުން ދެއްވައިފި - 1 ޖުލައި 2008 (އަންގާރަ)
ރަށު ކޯޓުތަކުގެ އިދާރީ ހިންގުން ހަރުދަނާ ކޮށް، ކޯޓުތަކުން ޢާއްމުނަށްދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން ޖަސްޓިސް މިނިސްޓްރީ އާއި ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ ގުޅިގެން ރަށުކޯޓުތަކުގެ އިދާރީ މުވައްޒަފުންނަށް އަމާޒުކޮށްގެން ހިންގުނު ތަމްރީންދިނުމުގެ ޕްރޮގްރާމް ގެ 10 ވަނަ ބުރު ނިމި، ބައިވެރީންނަށް ސެޓްފިކެޓް ދެއްވައިފިއެވެ. ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތު އޮތީ ފެކަލްޓީ އޮފް ...(އިތުރު ތަފްސީލް)

ޝަރުޢީދާއިރާގައި މަސައްކަތްކުރައްވާ މުވައްޒަފުންނަށް އަމާޒުކުރައްވައިގެން ހިންގުނު "ޓްރޭނިންގ ކޯސް އޮން މެނޭޖް ސްކިލްސް" ނިމި ބައިވެރީންނަށް ސެޓްފިކެޓް ދެއްވައިފ - 23 ޖޫން 2008 (ހޯމަ)
ޖަސްޓިސް މިނިސްޓްރީއާއި އެޑިއުކޭޝަން އެންޑް ޓްރެއިނިންގ ކޮންސަލްޓަންޓްސް (އީ.ޓީ.ސީ.) ގުޅިގެން މިނިސްޓްރީގެ ވެރިންނަށާއި ސެކެޓްރީންނަށް އަމާޒުކުރައްވައިގެން ކުރިއަށް ގެންދެވުނު "ޓްރޭނިންގ ކޯސް އޮން މެނޭޖްމަންޓް ސްކިލްސް" ނިމި ބައިވެރީންނަށް ރޭ ސެޓްފިކެޓް ދެއްވައިފިއެވެ. ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތު އޮތީ މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަންގެ އައު ޢިމާރާތުގެ އޮޑިޓޯރިއަމްގައެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޖަސްޓިސް އޮނަރަބަލް އަލްފާޟިލް މުޙައްމަދު މުޢިއްޒު އަދުނާނާއި، މިނިސްޓަރ އޮފް ޖަސްޓިސްގެ ނައިބް އަލްއުސްތާޛް އަޙްމަދު މުޙައްމަދު އާއި، މާލޭ ކޯޓުތަކުގެ ...(އިތުރު ތަފްސީލް)

ގެމަނަފުށީގައި އަލަށް ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ ރަށުކޯޓުގެ މަސައްކަތް އަލިހަވާސާ ކޮންސްޓްރަކްޝަން އެންޑް ކާޕެންޓްރީ ޕްރައިވެޓް ލިމިޓެޑާއިހަވާލުކުރައްވައިފި. - 22 ޖޫން 2008 (އާދިއްތަ)
ހުވަދު އަތޮޅު އުތުރުބުރީ ގެމަނަފުށީގައި ސަރުކާރުން އަލަށް ޢިމާރާތްކުރައްވާ ރަށުކޯޓުގެ މަސައްކަތް ޙަވާލުކުރުމުގެ އެއްބަސްވުމުގައި މިއަދު (22 ޖޫން 2008) ސޮއިކުރައްވައިފިއެވެ. މިއެއްބަސްވުމުގައި މިނިސްޓްރީ އޮފް ޖަސްޓިސް ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ޖަސްޓިސްގެ ނާއިބު އަލްއުޝްތާޛު އަޙްމަދު މުޙައްމަދު އެވެ. މަސައްކަތާއި ...(އިތުރު ތަފްސީލް)

މާލެއަތޮޅު މާފުށީގައި އަލަށް ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ ރަށުކޯޓުގެ މަސައްކަތް ހޮލިސްޓިކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކުރައްވައިފި. - 05 ޖޫން 2008 (ބުރާސްފަތި)
މާލެއަތޮޅު މާފުށީގައި ސަރުކާރުން އަލަށް ޢިމާރާތްކުރައްވާ ރަށުކޯޓުގެ މަސައްކަތް ޙަވާލުކުރުމުގެ އެއްބަސްވުމުގައި މިއަދު 05 ޖޫން 2008 ގައި ސޮއިކުރައްވައިފިއެވެ. މިއެއްބަސްވުމުގައި މިނިސްޓްރީ އޮފް ޖަސްޓިސް ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ޑިރެކްޓަރ ޖެނަރަލް އައްޝައިޚް އިބްރާހިމް ވަޙީދު އަލީ އެވެ. މަސައްކަތާއި ހަވާލުވެލެއްވި ހޮލިސްޓިކް ...(އިތުރު ތަފްސީލް)

ބ. އޭދަފުށީ ކޯޓުގެ އާޢިމާރާތުގެ މަސައްކަތް ޙަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރައްވައިފި - 04 ޖޫން 2008 (ބުދަ)
މާޅޮސްމަޑުލު އުތުރުބުރީ އޭދަފުށީގައި ސަރުކާރުން އަލަށް ޢިމާރާތްކުރާ ރަށުކޯޓުގެ މަސައްކަތް ޙަވާލުކުރުމުގެ އެއްބަސްވުމުގައި 04 ޖޫން 2008 ދުވަހު ސޮއިކުރައްވައިފިއެވެ. މި މަސައްކަތް ޙަވާލުކުރެއްވީ ޑެނިކޯން ކޮންސްޓްރަކްޝަން އެންޑް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑާއެވެ. ...(އިތުރު ތަފްސީލް)

ރަށުކޯޓުތަކުގެ މުވައްޒަފުންނަށް ހިންގި ތަމްރީންކޯސް 9 ނިމި، ބައިވެރީންނަށް ހަނދާނީލިއުން ދެއްވައިފި - 29 މެއި 2008 (ބުރާސްފަތި)
ރަށު ކޯޓުތަކުގެ އިދާރީ ހިންގުން ހަރުދަނާ ކޮށް، ކޯޓުތަކުން ޢާއްމުނަށްދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން ޖަސްޓިސް މިނިސްޓްރީ އާއި ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ ގުޅިގެން ރަށުކޯޓުތަކުގެ އިދާރީ މުވައްޒަފުންނަށް އަމާޒުކޮށްގެން ހިންގުނު ތަމްރީންދިނުމުގެ ޕްރޮގްރާމް ގެ 9 ވަނަ ބުރު ނިމި، ބައިވެރީންނަށް ސެޓްފިކެޓް ދެއްވައިފިއެވެ. ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތު އޮތީ ފެކަލްޓީ އޮފް ...(އިތުރު ތަފްސީލް)

ޖަސްޓިސް މިނިސްޓްރީއާއި ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ އާ ގުޅިގެން ހިންގަވާ ޑިޕްލޮމާ އިން ޖަސްޓިސް ސްޓަޑީޒް ކޯހާބެހޭ މަޢުލޫމާތު ރާއްޖެތެރޭގައި ދެއްވައިފި - 27 މޭ 2008 (އަންގާރަ)
މިނިސްޓްރީ އޮފް ޖަސްޓިސްއާއި ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ އާ ގުޅިގެން ޑިޕްލޮމާ އިން ޖަސްޓިސް ސްޓަޑީޒް ކޯހާ ބެހޭގޮތުން މަޢުލޫމާތު ދިނުމަށް 21 މޭ ގައި ރާއްޖެތެރެއަށް ކުރެއްވި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަތް 2 ބޭފުޅުން ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގެންފިއެވެ. މަޢުލޫމާތު ދެއްވުމަށްޓަކައި ވަޑައިގެންނެވީ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ ގެ ޑީން ...(އިތުރު ތަފްސީލް)

ސިންގަޕޫރުގައި ބޭއްވުނު ރީޖަނަލް ޖުޑީޝަލް ސިމްޕޯސިއަމް ގައި ބައިވެރިވެ ވަޑައިގަތް 2 ބޭފުޅުން މާލެ ވަޑައިގެންފި - 19 މެއި 2008 (ހޯމަ)
ސިންގަޕޫރުގައި ބޭއްވި ރީޖަނަލް ޖުޑީޝަލް ސިމްޕޯސިއަމްގައި ރާއްޖެއިން ބައިވެރިވެވަޑައިގަތް ދެ ބޭފުޅުން 13 މެއި 2008 ވީ އަންގާރަދުވަހު މާލެ ވަޑައިގެންފިއެވެ. މި  ސިމްޕޯސިއަމްގައި ދެ ބޭފުޅުންނަކީ ޢާއިލާ އާ ބެހޭ ކޯޓުގެ ޤާޟީ އަލްއުސްތާޛް ޝުޢައިބު ޙުސެން ޒަކަރިއްޔާ އާއި މިނިސްޓްރީ އޮފް ޖަސްޓިސް ގެ އެސިސްޓަންޓް ލީގަލް އޮފިސަރ އަލްފާޟިލް ...(އިތުރު ތަފްސީލް)

ޖަސްޓިސް މިނިސްޓްރީގެ 2 ބޭފުޅަކު ރީޖަނަލް ޖުޑީޝަލް ސިމްޕޯސިއަމްގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ފުރާވަޑައިގެންފި - 8 މެއި 2008 (ބުރާސްފަތި)
ސިންގަޕޫރުގައި ބާއްވާ 'ރީޖަނަލް ޖުޑީޝަލް ސިމްޕޯސިއަމް 2008" ގައި ބައިވެރިވެވަޑައިގަތުމަށްޓަކައި 6 މޭ 2008 ދުވަހުގެ ރޭ ޖަސްޓިސް މިނިސްޓްރީގެ 2 ބޭފުޅަކުސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ. އެ ދެބޭފުޅުންނަކީ ޢާއިލާއާއިބެހޭ ކޯޓުގެ ޤާޟީ އަލްއުސްތާޛު ޝުޢައިބް ޙުސައިން ޒަކަރިއްޔާއާއި މިނިސްޓްރީ އޮފް ޖަސްޓިސްގެ އެސިސްޓަންޓް ލީގަލް އޮފިސަރ އަލްފާޟިލް އަޙުމަދު ރަޝީދުއެވެ. މި ސިމްޕޯސިއަމް ބޭއްވުމަށް ...(އިތުރު ތަފްސީލް)

ކޯޓުތަކުން ކުރާ ޙުކުމްތަކާއި ނެރޭ އަމުރުތަކަށް ޙުރުމަތްތެރިކޮށް ނުހިތައި ކޯޓުގެ ޙުރުމަތް ކެނޑޭގޮތަށް މީޑިއާ މެދުވެރިކޮށް ބަޔާންތައް ނެރުމާގުޅިގެން ޖަސްޓިސް މިނިސްޓްރީއިން ނޫސްބަޔާނެއް ނެރެފި - 7 މޭ 2008 (ބުދަ)
މިހާރަކަށް އައިސް ބައެއް ފަރާތްތަކުން ކޯޓުތަކުން ކުރާ ޙުކުމްތަކާއި ކޯޓުން ނެރޭ އަމުރުތަކަށް ޙުރުމަތްތެރިކޮށް ނުހިތައި ކޯޓުގެ ޙުރުމަތް ކެނޑޭގޮތަށް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ބަޔާންތައް ދެމުންގެންދާކަން ފާހަގަކޮށް ޖަސްޓިސް މިނިސްޓްރީއިން މިއަދު ނޫސްބަޔާނެއް ނެރެފިއެވެ. ...(އިތުރު ތަފްސީލް)

ޖަސްޓިސް މިނިސްޓްރީއިން ރާއްޖޭގެ 20 އަތޮޅަކަށް ޝަރުޢީވަފްދު ފޮނުވައިފި - 5 މޭ 2008 (ހޯމަ)
ރަށުކޯޓުތަކުގައި ނުނިމި ގިނަދުވަސްވެފައިވާ މައްސަލަތަކާއި އެކި ސަބަބުތަކާހުރެ އެކޯޓެއްގެ މެޖިސްޓްރޭޓުންނަށް ބެއްލެވުން ދަތި މައްސަލަތަކާއި، ކޯޓުތަކުގައި ނުނިމިހުރި މައްސަލަތައް ބައްލަވާނިންމުމަށްޓަކައި ރާއްޖޭގެ 20 އަތޮޅަށް ފޮނުވުމަށް ހަމަޖެއްސި ޝަރުޢީ ވަފުދު އަތޮޅުތަކަށް ވަޑައިގެން މަސައްކަތްކުރައްވަމުން އެބަގެންދަވައެވެ. އަތޮޅުތަކަށް ފޮނުވުނު ފުރަތަމަ ...(އިތުރު ތަފްސީލް)

ޖަސްޓިސް މިނިސްޓްރީއާއި ދިވެހިރާއްޖޭގެ އަޑާ ގުޅިގެން ޝަރުޢީދާއިރާއަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް ފައްޓަވައިފި - 4 މޭ 2008 (އާދިއްތަ)
ޢާއްމު ރައްޔިތުން ޝަރުޢީ ދާއިރާއަށް ހޭލުންތެރިކުރުވުމުގެ ގޮތުން ޖަސްޓިސް މިނިސްޓްރީއާއި ދިވެހިރާއްޖޭގެ އަޑާ ގުޅިގެން 3 މޭ 2008 ގައި 'ތަރާދު' މި ނަމުގައި ޕްރޮގްރާމެއް ފައްޓަވައިފިއެވެ. މިއީ 4 މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ. ޕްރޮގްރާމް ބްރޯޑްކާސްޓްކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ހޮނިހިރު ދުވަހެއްގެ ހެނދުނު ދިވެހިރާއްޖޭގެ އަޑުން (އޭ.އެމް.) 9.30 އިން 10.15 ...(އިތުރު ތަފްސީލް)

ރަށުކޯޓުތަކުގެ މުވައްޒަފުންނަށް ހިންގި ތަމްރީންކޯސް 8 ނިމި، ބައިވެރީންނަށް ހަނދާނީލިއުން ދެއްވައިފި - 30 އޭޕްރިލް 2008 (ބުދަ)
ރަށު ކޯޓުތަކުގެ ހިންގުން ހަރުދަނާ ކޮށް، ކޯޓުތަކުން ޢާއްމުނަށްދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން ޖަސްޓިސް މިނިސްޓްރީ އާއި ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ ގުޅިގެން ރަށުކޯޓުތަކުގެ އިދާރީ މުވައްޒަފުންނަށް އަމާޒުކޮށްގެން ހިންގުނު ތަމްރީންދިނުމުގެ ޕްރޮގްރާމް ގެ 8 ވަނަ ބުރު ނިމި، ބައިވެރީންނަށް ސެޓްފިކެޓް ދެއްވައިފިއެވެ. ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތު އޮތީ ...(އިތުރު ތަފްސީލް)

ސިވިލް ސާރވިސަސްގެ ޤާނޫނުގެ ދަށުން ވަކިވާ ޖަސްޓިސް މިނިސްޓްރީގެ ބޭފުޅުންނާ މިނިސްޓަރ ބައްދަލު ކުރައްވައިފި - 30 އޭޕްރިލް 2008 (ބުދަ)
ސިވިލް ސަރވިސަސްގެ ޤާނޫނުގެ ދަށުން ވަކިވާ ޖަސްޓިސް މިނިސްޓްރީގެ ބޭފުޅުންނާއި ޖަސްޓިސް މިނިސްޓަރ އަލްފާޟިލް މުޙައްމަދު މުޢިއްޒު އަދުނާން ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ 30 އޭޕްރިލް 2008 ވީ ބުދަދުވަހު ހެނދުނު 9.00 ގައި ޖަސްޓިސް މިނިސްޓްރީގައެވެ. ...(އިތުރު ތަފްސީލް)

ޝަރުޢީ ވަފުދުގެ މަސައްކަތް ރަށުކޯޓުތަކުގައި ފެށިއްޖެ - 16 އޭޕްރިލް 2008 (ބުދަ)
ރައްޔިތުންނަށް ޢަދުލު އިންސާފުގެ ދާއިރާއިން ދެވޭ ޚިދްމަތް އަވަސް ގޮތެއްގައި ލިބިދިނުމަށްޓަކައި ކުރެވޭ މަސައްކަތުގެ ދަށުން ރަށުކޯޓުތަކުގައި ނުނިމި ގިނަދުވަސްވެފައިވާ މައްސަލަތަކާއި އެކި ސަބަބުތަކާއިހުރެ އެކޯޓެއްގެ މެޖިސްޓްރޭޓަށް ބެއްލެވުން ދަތި މައްސަލަތައް ބައްލަވާ ނިންމެވުމަށްޓަކައި ޝަރުޢީ ވަފްދުގެ މަސައްކަތް 9 އޭޕްރިލް 2008 ގައި ފައްޓަވައިފިއެވެ. މިގޮތުން ފުރަތަމަ މި މަސައްކަތް ފައްޓަވާފައިވަނީ ބ. އަތޮޅުގައެވެ. ރާއްޖޭގެ 20 އަތޮޅުގެ ރަށުކޯޓުތަކަށް އަމާޒުކުރެވިގެން 26 ވަފުދެއް ފޮނުވުމަށް ވަނީ ހަމަޖެހިފައެވެ. މީގެތެރެއިން ...(އިތުރު ތަފްސީލް)

ރަށުކޯޓުތަކުގެ އިދާރީ މުވައްޒަފުންނަށް ހިންގާ ތަމްރީނު ޕްރޮގްރާމުގެ 8 ވަނަ ބުރު ފެށިއްޖެ - 2 އޭޕްރިލް 2008 (އަންގާރަ)
ރަށުކޯޓުތަކުގެ އިދާރީމުވައްޒަފުން މަސައްކަތަށް އަހުލުވެރި ކުރުމަށް އަމާޒުކުރެވިގެން ހިންގާ ތަމްރީނު ކޯހުގެ 8  ވަނަ ބުރު ފެށިގެން ކުރިއަށް އެބަގެންދެވެއެވެ. ...(އިތުރު ތަފްސީލް)

ޖަސްޓިސް މިނިސްޓްރީއާއި މާލޭ ކޯޓުތަކުގެ އިދާރީ މުވައްޒަފުންނަށް ތަމްރީން ދިނުމުގެ ޕްރޮގްރާމުގެ 2 ވަނަ ބުރު ފައްޓަވައިފި - 1 އޭޕްރިލް 2008 (އަންގާރަ)
ޖަސްޓިސް މިނިސްޓްރީއާއި މާލޭ ކޯޓުތަކުގެ އިދާރީ މުވައްޒަފުންނަށް ކުރުމުއްދަތުގެ ތަމްރީން ދިނުމުގެ ޕްރޮގްރާމުގެ 5 އަދި 6 ވަނަ ބުރު ފެކަލްޓީ އޮފް ހަޔަރ އެޑިއުކޭޝަންގައި މާރޗް 25 އިން ފެށިގެން ކުރިޔަށް އެބަ ގެންދަވައެވެ. މި ޕްރޮގްރާމަކީ އެޑިއުކޭޝަން އެންޑް ޓްރޭނިންގ ކޮންސަލްޓަންޓްސް (އީ.ޓީ.ސީ)  އާއި ...(އިތުރު ތަފްސީލް)

ޖަސްޓިސް މިނިސްޓްރީއާއި މާލޭ ކޯޓުތަކުގެ ވެރީންނަށާއި މުވައްޒަފުންނަށް ތަމްރީން ދިނުމުގެ ޕްރޮގްރާމެއް ފައްޓަވައިފި - 19 މާރޗް 2008 (ބުދަ)
ޖަސްޓިސް މިނިސްޓްރީއާއި މާލޭ ކޯޓުތަކުގެ ވެރިންނާއި އިދާރީ މުވައްޒަފުންނަށް ކުރުމުއްދަތުގެ ތަމްރީން ދިނުމުގެ ޕްރޮގްރާމެއް ފެކަލްޓީ އޮފް ހަޔަރ އެޑިއުކޭޝަންގައި މިމަހު 10 އިން ފެށިގެން ކުރިޔަށް އެބަ ގެންދަވައެވެ. މި ޕްރޮގްރާމަކީ އެޑިއުކޭޝަން އެންޑް ޓްރޭނިންގ ކޮންސަލްޓަންޓްސް ...(އިތުރު ތަފްސީލް)

ޖަސްޓިސް މިނިސްޓްރީގެ ޚާއްޞަ ވަފްދެއް ޅ. ނ. އަދި ށ. 3 އަތޮޅުގެ ކޯޓުތަކަށް ކުރެއްވި ޒިޔާރަތް ނިންމަވާލައްވާ އަނބުރާ ވަޑައިގެންފި - 17 މާރޗް 2008 (ހޯމަ)
ޖަސްޓިސް މިނިސްޓްރީގެ ޚާއްޞަ ވަފްދެއް ރާއްޖޭގެ ތިން އަތޮޅެއްގެ ކޯޓުތަކަށް ޒިޔާރަތްކުރެއްވުމަށްފަހު ދަތުރުފުޅު ނިންމަވާ މާލެ ވަޑައިގެންފިއެވެ. މި ވަފްދުގައި ހިމެނިވަޑައިގަންނަވަނީ ޖަސްޓިސް މިނިސްޓަރގެ ނާއިބް އަލްއުސްތާޛް އަޙްމަދު މުޙައްމަދު އާއި، ޑިރެކްޓަރ އަލްފާޟިލް އާދަމް ޝަރީފް އާއި، ޑިރެކްޓަރ އަލްފާޟިލް މުޙައްމަދު ސަޢީދު އާއި، އާއި ...(އިތުރު ތަފްސީލް)

ޖަސްޓިސް މިނިސްޓަރީގެ ޚާއްޞަ ވަފްދެއް ޅ. ނ. އަދި ށ. 3 އަތޮޅުގެ ކޯޓުތަކަށް ޒިޔާރަތްކުރައްވަންފައްޓަވައިފި - 13 މާރޗް 2008 (ބުރާސްފަތި)
ޖަސްޓިސް މިނިސްޓްރީގެ ޚާއްޞަ ވަފްދެއް ރާއްޖޭގެ ތިން އަތޮޅެއްގެ ކޯޓުތަކަށް ޒިޔާރަތްކުރެއްވުމަށް ދަތުރުފުޅު ފައްޓަވައިފިއެވެ. މި ވަފްދުގައި ހިމެނިވަޑައިގަންނަވަނީ ޖަސްޓިސް މިނިސްޓަރގެ ނާއިބް އަލްއުސްތާޛް މުޙައްމަދު އަޙްމަދު އާއި، ޑެޕިއުޓީ ޑިރެކްޓަރ އަލްފާޟިލް މުޙައްމަދު ސަޢީދު އާއި، ޑިރެކްޓަރ އަލްފާޟިލް އާދަމް ޝަރީފް އާއި ...(އިތުރު ތަފްސީލް)

ޖިނާއީ މައްސަލަތައް ޣައިރު ޙާޟިރުގައި ހިންގުން ފަސްކޮށްފި - 12 މާރޗް 2008 (ބުދަ)
ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ޖިނާއީ މައްސަލަތަކުގައި ދައުވާ ލިބޭފަރާތުގެ ޣައިރު ޙާޟިރުގައި މައްސަލަ ހިންގުން ޖަސްޓިސް މިނިސްޓްރީއިން 10 މާރޗް 2008 ވަނަދުވަހުން ފެށިގެން ފަސްކުރައްވައިފިއެވެ.  މިޤާވާޢިދަށް ޢަމަލުކުރުން ފަސްކުރައްވަން ...(އިތުރު ތަފްސީލް)

ފުވައްމުލަކާއި އައްޑުއަތޮޅުގެ ކޯޓުތަކުގެ މެޖިސްޓްރޭޓުންގެ ބައްދަލުވުމެއް ބޭއްވިއްޖެ - 11 މާރޗް 2008 (އަންގާރަ)
މިނިސްޓްރީ އޮފް ޖަސްޓިސްއާއި ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ އާއި ގުޅިގެން ފުވައްމުލަކާއި އައްޑުއަތޮޅުގެ ކޯޓުތަކުގައި މަސައްކަތްކުރައްވާ މެޖިސްޓްރޭޓުންނަށް އަމާޒުކޮށްގެން ހިންގުނު މަސައްކަތު ބައްދަލުވުމެއް ޏ. ފުވައްމުލަކުގައި ބާއްވައިފިއެވެ. މިބައްދަލުވުން ފެށުނީ 4 މާޗް 2008ދުވަހުގެ ރޭ 8.30ގައެވެ. ...(އިތުރު ތަފްސީލް)

ފަސް ބޭފުޅަކު ޤާނޫނީ ވަކީލުކަމުގެ ހުވާ ކުރައްވައިފި - 24 ފެބްރުއަރީ 2008 (އާދިއްތަ)
މިނިސްޓަރ އޮފް ޖަސްޓިސް އަލްފާޟިލް މުޙައްމަދު މުޢިއްޒު އަދުނާންގެ ކުރިފުޅުމަތީގައި 5 ބޭފުޅަކު ޤާނޫނީ ވަކީލުކަމުގެ ހުވާކުރައްވައިފިއެވެ. ހުވާކުރުމުގެ ރަސްމިއްޔާތު އޮތީ މިއަދު (24 ފެބްރުއަރީ 2008 ދުވަހުގެ) ހެނދުނު 10.30 ގައި މިނިސްޓްރީ އޮފް ޖަސްޓިސް ގައެވެ. ހުވާ ލައިދެއްވީ ޖިނާއީކޯޓުގެ އިސްޤާޟީ އައްޝައިޚް ޢަބްދުﷲ ޢަރީފް އެވެ. ޤާނޫނީވަކީލުކަމުގެ ހުވާކުރެއްވި ބޭފުޅުންނަކީ ހ. ގުލްދަމްގޭ އަލްއުސްތާޛް އަޙްމަދު މުޝްހިދު ރަޝީދު އާއި، ބ.ދަރަވަންދޫ ...(އިތުރު ތަފްސީލް)

ޝަރުޢީދާއިރާއަށް ޢާއްމުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް ހިންގުމަށްޓަކައި ޓީވީއެމް އާއި ދިވެހިރާއްޖޭގެ އަޑާއި އެކު މަޝްވަރާ ބައްދަލުވުމެއް މިއަދު ބާއްވައިފި - 20 ފެބްރުއަރީ 2008 (ބުދަ)
ޖަސްޓިސް މިނިސްޓްރީގެފަރާތުން ޝަރުޢީ ދާއިރާއަށް ޢާއްމުން ހޭލުންތެރިކުރުވުމުގެ މަޤްޞަދުގައި ޕްރޮގްރާމެއް ހިންގުމަށްޓަކައި ޓެލެވިޜަން މޯލްޑިވްސް އާއި ދިވެހިރާއްޖޭގެ އަޑާއި އެކު މަޝްވަރާ ބައްދަލުވުމެއް މިއަދު ބާއްވައިފިއެވެ. މި ބައްދަލުވުން އޮތީ މިއަދު ހެނދުނު 10.00 ގައި ޖަސްޓިސް މިނިސްޓްރީގައެވެ ...(އިތުރު ތަފްސީލް)

2 ބޭފުޅަކު އިސް މެޖިސްޓްރޭޓްކަމުގެ ހުވާކުރައްވައިފި - 13 ފެބްރުއަރީ 2008 (ބުދަ)
އިސް މެޖިސްޓްރޭޓް ކަމުގެ މަޤާމަށް ހަމަޖެއްސެވި 2 ބޭފުޅަކު މިއަދު މިނިސްޓަރ އޮފް ޖަސްޓިސް އޮނަރަބްލް އަލްފާޟިލް މުޙައްމަދު މުޢިއްޒު އަދުނާންގެ ކުރިފުޅުމަތީގައި ހުވާކުރައްވައިފިއެވެ. ހުވާކުރުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު 9.00 ގައި މިނިސްޓްރީ އޮފް ޖަސްޓިސް ގައެވެ. ހުވާލައިދެއްވީ ޖިނާއީ ކޯޓުގެ އިސްޤާޟީ އައްޝައިޚް ޢަބްދު ﷲ ޢަރީފް އެވެ. ހުވާކުރެއްވި 2 ބޭފުޅުންނަކީ ސ. މަރަދޫ ރޯސްގާޑްން އަލްފާޟިލް މުޙައްމަދު ސަމީރު އާއި ނ. މަނަދޫ އަނބުގަސްދޮށުގޭ އަލްފާޟިލް ޢަބްދުﷲ ނަޝީދުއެވެ.    ...(އިތުރު ތަފްސީލް)

==== ކުރީގެ ޚަބަރުތައް  ====