ތަސައްވުރު

އަދުލް އިންސާފުގެ ދާއިރާއަކީ ރާއްޖޭގެ ޤާނޫނުއަސާސީއާ ޤާނޫނުތަކުން ލިބިދީފައިވާ ހައްގުތައް ރައްކާތެރިކޮށް ހިފަހައްޓައިދޭދާއިރާއަކަށްވުން

ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް
 އަދުލުއިންސާފުގެ ދާއިރާއަކީ އެންމެންނަށްވެސް ފަސޭހައިން ވާސިލްވެވޭ ދާއިރާއަކަށް ހެދުން
 އަދުލު އިންސާފުގެ ދާއިރާއަކީ ހުރިހާއެންމެންނަށްވެސް އަދަބު އިހްތިރާމާއެކީ މުޢާމަލާތުކުރާ ދާއިރާއަކަށް ވުން
މުޖްތަމައުގެ އެންމެހާ ފަރުދުންގެ ބޭނުންތައް ދުރާލާ ދެނެގަނެ ޝަރީއަތުން ބާރުލިބިގެން ދެބަސްވުންތައް ވާހަކަދައްކައިގެން ފަސޭހައިން ހައްލުކުރެވޭނެ ނިޒާމެއް ތަޢާރަފްކޮށް އެނިޒާމްގެ ތެރެއިން ނިންމާ ނިންމުންތައް ތަންފީޒުކުރުން
އާންމު ފަރުދުންނާއި ޤާނޫނީވަކީލުންނާއި އަދި ސަރުކާރުގެ އޮފީސްތަކާއި މިދާއިރާއާ ގުޅޭ ހުރިހާފަރާތްތަކާ އޮންނަ ގުޅުމަކީ ހަރުދަނާ ރަގަޅުގުޅުމެއްކަމުގައިހެދުން
ޝަރީޢާތުން ނިންމާ ނިންމުންތަކަކީ ރާއްޖޭގެ ޤާނޫނުތަކާއި ޤަވާއިދުތަކަށް ފުރިހަމަޔަށް ރިޔާއަތްކުރެވިގެން އެކަށީގެންވާ މުއްދަތެއްގެ ތެރޭގައިތަންފީޒުކުރެވޭނެ ގޮތަށް ނިންމާނިންމުންތަކަށް ވުން
މުޖްތަމައުގެ ބޭނުންތަކަށް ރިޔާއަތްކުރެވިގެންއަދި އަދި މިދާއިރާއަށް ލިބިފައިވާ ވަސީލަތްތައް ހެޔޮގޮތުގައި ބޭނުންކޮށްގެން ފެންވަރު ރަގަޅުޚިދްމަތެއް ދޭދާއިރާއަކަށްމިދާއިރާވުން

އުސޫލުތައް
 ފަސޭހައިން ވާސިލްވެވޭ
 ތެދުވެރކަން
 ހަމަހަމަ ކަން
 ރައްޔިތުންގެ އިތުބާރާއި ޔަޤީންކަން
 އެކަށީގެންވާ މުއްދަތް/ނުވަތަ ވަޤުތުގައި ޚިދްމަތްދެވުން
 ފެންވަރު ރަގަޅު ޚިދްމަތެއް ދެވުން

މިނިސްޓްރީގެ ތަޢާރަފު
މިނިސްޓްރީއޮފް ޖަސްޓިސްއަކީ ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ ދަށުން ހިނގާތަނެކެވެ. މިނިސްޓްރީއޮފް ޖަސްޓިހުން ކުރާނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ނަންބަރު
74/97/21/ޑީ-1(02 އޭޕްރީލް 1997) ސިޓީއިން އަންގަވާފައިވާ ކަންތައްތަކެވެ. އޭގެތެރޭގައި ތިރީގައިވާ ބަޔާންކުރެވިފައިވާ ފުރަތަމަ މަރުހަލާކޯޓުތައް ހިންގުމަށްބޭނުންވާ އެންމެހާ ކަންތައްތައް އިންތިޒާމްކޮށްދިނުން ހިމެނެއެވެ.

1 - މަދަނީ ކޯޓު
2 - ޖިނާއީ ކޯޓު
3 - އާއިލާއާބެހޭ ކޯޓު
4 -  ކުޑަކުދިންނާބެހޭ ކޯޓު
5 - ރަށުކޯޓުތައް

މީގެ އިތުރުން ކޯޓުތައް ފުރިހަމަގޮތެއްގައި ހިންގުމަށް ބޭނުންވާ ޤަވާއިދުތައް ހެދުމާއި ކޯޓުގެ ދުވަސްވީ ލިއުންތައް ރައްކާތެރިކަމާއިއެކު ބެލެހެއްޓުމާއި، މިދާއިރާއާބެހޭ ގޮތުން އާންމުން ކުރާ ޝަކުވާތައް ބަލާ ނިޒާމް ހަރުދަނާކުރުމަށް ފިޔަވަޅުއެޅުމާއި، ޝަރުޢީ ކޯޓުތަކުގައި ވަކާލާތުކުރުމުގެ ހުއްދަދިނުމަކީ މިނިސްޓްރީން ކުރަން ހަމަޖެހިފައިވާ ކަންތައްތަކެވެ.